ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދައި އެ ފަރާތްތަކާ މެދު ވިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުމުގެ ގޮތުން ސަރުކާރުން ބާާއްވާ "އަހާ" ފޯރަމްގެ ދަށުން ރޭ ސަލްޓަންޕާކްގައި ބޭއްވި ފުރަތަމަ ފޯރަމްގައި "ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެެރެއިން ބައެއް ފަރާތްތަކުން ވަގަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަށް މިނިސްޓްރީން ކުރައްވަނީ ކޮން ކަމެއްތޯ" މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ އެއްވެސް ބިދޭސީއަކަށް ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމުގެ ހުއްދައެއް ނޯންނާނެ ކަމަށާއި އެފަދަ ފަރާތްތަކާ ބެހޭ މައުލޫމާތު ހޯދައި މިނިސްޓްރީއާ ހިއްސާކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"އަޅުގަނޑު ފުލުހުންނަށް އެދުނިން ބިދޭސީން ކުރާ ވިޔަފާރިތަކުގެ ތެރޭގައި އައިޑެންޓިފައި ކޮށްފައި، ހުއްދަ ނެތް ވިޔަފާރިތައް މިނިސްޓްރީއަށް އެންގީމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ވާހަކަ،" ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން ބިދޭސީންނާ ބެހޭ ދަފްތަރެއް ކޮންމެ ރަށެެއް އަދި ކޮންމެ ސިޓީއެއްގައި ވެސް އެކުލަވާލުމަށް އެދިފައިވާނެ ކަމަށާއި އެފަދަ ދަފްތަރެއް އެކުލަވާލުމުން ރާއްޖޭގައި މިގޮތަށް ގަވާއިދާ ހިލާފަށް އުޅެމުން ގެންދާ ބިދޭސީން ހޯދައި ފިޔަަވަޅު އެޅުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ބިދޭސީންގެ ދަފްތަރެއް އެކުލަވާލީމަ އެހާ އުނދަގޫ ކަަމަކަށް ނުވާނެ އެރަށެެއްގައި ގަވާއިދާ ހިލާފަށް އުޅެނީ ކޮން ބައެއްތޯ ނުވަތަ އެ ސިޓީއެއްގައި ގަވާއިދާ ހިލާފަށް އުޅެނީ ކޮން ބައެއްތޯ ގަވާއިދުން ކަންކަން ކުރަނީ ކޮން ބައެއްތޯ ދެނެގަންނާކަށް. މިނިސްޓްރީއާ ހަމައަށް ތަންފީޒީ އިދާރާތަކުން އެ މައުލޫމާތު ދިނީމަ މިނިސްޓްރީން ފަހަކަށް ނުޖެހޭނެ ފިޔަވަޅު އަޅާކަށް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ހުއްދަ ނެތި ބިދޭސީން ކުރާ ވިޔަފާރިތަކާ އެއްވަރަށް މިނިސްޓްރީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ފުުލުުހުންނާއި މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ފަށައިފައިވާއިރު މި މަސައްކަތުން އެކަށީގެންވާ ނަތީޖާ ނެރެވޭނެ ކަމަށެވެ.



advertisment