Support Us

ޔުކްރޭނަކީ އެމެރިކާގެ ބާރުގެ ދަށުގައި އޮތް ސިޔާދަތެއް ނެތް ޤައުމެއް: ސްލޮވޭކިޔާގެ ބޮޑުވަޒީރު

އަވަށްޓެރި ޔުކްރޭނަކީ "އަމިއްލަ ސިޔާދަތެއް ނެތި އެމެރިކާއަށް ބޯލަނބަމުންދާ ޤައުމެއް" ކަމަށް ސްލޮވޭކިޔާގެ ބޮޑުވަޒީރު ރޮބަރޓް ވިޓްސޯ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި ކިޔީވަށް ޢަސްކަރީ އެހީއެއް ނުދެވޭނެއެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް ނޭޅޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ނޭޓޯގައި ބައިވެރިކުރުމާ ސްލޮވޭކިޔާއިން ދެކޮޅުހަދައެއްވެ.

އާރްޓީވީއެސް ރޭޑިއޯއަށް ވިޓްސޯ ދެއްވި ބަޔާނެއް ބުނާގޮތުގައި  ޔުކްރޭނަކީ މިނިވަން ސިޔާދަތީ ދައުލަތެއްނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ކިޔީވަކީ ވޮޝިންގްޓަނަށް ފުރިހަމައަށް ބޯލަނބައިފައިވާ ޤައުމެކެވެ.

ސްލޮވޭކިޔާއަކީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރެކެވެ. އަދި އެއީ ނޭޓޯގެ ވެސް މެންބަރެކެވެ.

ހަމަޖެހިފައިވާ ގޮތުގައި މި އަންނަ ބުދަ ދުވަހު ސްލޮވޭކިޔާގެ ސަރަޙައްދު ކައިރީގައި ޔުކްރޭންގެ އިމުގެ ތެރޭގައި ސްލޮވޭކިޔާގެ ބޮޑުވަޒީރު ޔުކްރޭންގެ ބޮޑުވަޒީރު ޑެނިސް ޝްމެހާލާ ބައްދަލުކުރައްވާނެއެވެ.

ވިޓްސޯ ވިދާޅުވިއެވެ. "ޔުކްރޭން ނޭޓޯއަށް ވެއްދުމާ އަހުރެމެން ދެކޮޅު ހަދަމެވެ. ސްލޮވޭކިޔާއިން އެކަމުގައި ވީޓޯ ކުރާނެއެވެ."

އޭނާ ވިދާޅުވިއެވެ. "މިއީ ތިންވަނަ ބޮޑުހަނގުރާމައަށް ދޮރު ހުޅުވައިލައިފާނެ ކަމެކެވެ."

އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާއިރު ސްލޮވޭކިޔާއިން ކިޔީވަށް ހަތިޔާރު ނުދޭނެ ވާހަކަ ސާފުކޮށް ދަންނަވާނެއެވެ. އޭނާ ތުހްމަތު ކުރެއްވިގޮތުގައި ދުނިޔޭގައި އޮތް އެންމެ ފާސިދު ޤައުމަކީ ޔުކްރޭނެވެ. އެމީހުންނަށް އަހުރެމެން ފޮނުވަމުންދާ އެހީތައް ދެނެވޮޑިގަންނަވާނީ މަތްކަލާނގެއެވެ. މި އެހީތައް ވަންހަނާކުރެވޭ ތަނެއް ނޭނގެއެވެ."

އޭނާ ވިދާޅުވިގޮތުގައި ޢަސްކަރީ ޙައްލަކުން ޔުކްރޭން– ރަޝިޔާ މަސްއަލަ ޙައްލެއް ނުކުރެވޭނެއެވެ. މި މަސްއަލަ ޙައްލު ވާނީ ދެ ފަރާތަށް ވެސް ވޭންހުރި ގޮތަކަށެވެ.

އޭނާ ވިދާޅުވިއެވެ. "ޔުކްރޭނުން ރަޝިޔާ ހިފައިފައިވާ ބިންތަކުން އެމީހުން ފައިބާނެ ކަމަށް ހީކުރުމަކީ ކުށެކެވެ. އެމީހުންނެއް ނުފައިބާނެއެވެ."

ސްލޮވޭކޮޔާއިން ޔުކްރޭނާ ދެކޮޅަށް ފާޑުކިޔަސް މި ދިޔަ ޑިސެންބަރު މަހު ޔޫރަޕުގެ އިއްތިޙާދުން ދޭން ނިންމި 50 ބިލިއަން ޑޮލަރުގެ އެހީއާ ދެކޮޅަށް ވީޓޯ ކުރި ހަމައެކަނި ޤައުމަކީ ހަންގެރީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *