Support Us

ބޭސްކޮޅެއް ޣައްޒާއަށް އެތެރެކުރެވިއްޖެ: ޤަޠަރު

ވޭތުވެދިޔަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ބޭހާއި އިންސާނީ އެހީގެ ލޮރީ ޤާފިލާއެއް ޣައްޒާއަށް އެތެރެކުރެވިއްޖެ ކަމަށް ޤަޠަރުގެ ޚާރިޖިއްޔާއިން ބުނެފިއެވެ. އެއީ އިސްރާއީލާ ޙަމާސާ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އިސްރާއީލުގެ އަސީރުންނަށް ފަރުވާދިނުމަށް ޓަކައެވެ.

މި މަހު 16ވަނަ ދުވަހު ޤަޠަރުން އިޢުލާންކުރި ގޮތުގައި ޤަޠަރާއި ފަރަންސޭސިވިލާތް މެދުވެރިވެގެން ޙަމާސާއި އިސްރާއީލު ވަނީ ބޭހާއި އިންސާނީ އެހިގެ ޤާފިލާތައް ޣައްޒާއަށް އެތެރެކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެއްބަސްވެފައެވެ. މި ޤާފިލާގައި އެތެރެކުރެވޭނީ ކިހާ ބޭހެއް ކަމެއް އަދި ކޮން ބާވަތެއްގެ އެހީތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. 

ޤަޠަރުގެ ޚާރިޖިއްޔާގެ ތަރްޖަމާނު މާޖިދުލް އަންޞާރީ އޭނާގެ އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މި އެހީ މި ފޮނުވުނީ ޣައްޒާގެ ޢާންމުންނަށާއި ހިފެހެއްޓިފައި ތިބި އިސްރާއީލު މީހުންނަށް ޓަކައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޤަޠަރުގެ އެކުވެރިންނާއެކު މެދުވެރިއެއްގެ ބައި ކުޅުމުގައި ޤަޠަރު ޙަރަކާތްތެރިވަމުންދާނެއެވެ.

އިއްޔެ ހުނދުނުގެ ވަގުތެއްގައި ޤަޠަރުން ވަނީ އެ ޤައުމުގެ  ޢަސްކަރީ ދެ މަތިންދާބޯޓުގައި 61 ޓަނުގެ އެހީ މިޞްރުގެ ރަފަޙަށް ފޮނުވައިފައެވެ. ޤަޠަރު ނޫސް އޭޖެންސީ ބުނާގޮތުގައި މިއީ ޤަޠަރާއި ފަރަންސޭސިވިލާތުން ފޮނުވި އެހީއެކެވެ. 

އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އިސްރާއީލުން ބޭހުގެ ފަސް ލޮރީއަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަދިނެވެ. އިސްރާއީލުން މި ލޮރީތަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނީ ސަލާމަތީ ފާސްކުރުމަށްފަހުގައެވެ.

އިސްރާއީލު ބުނާގޮތުގައި ޙަމާސުން އިސްރާއީލުގެ 136 މީހުން ހިފަހައްޓައިފާ އެބަ ތިއްބެވެ. ޙަމާސުން ބުނާގޮތުގައި އެމީހުން ދޫކޮށްލާނީ ޣައްޒާ ހަނގުރާމަ ހުއްޓައިލައި އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ އެންމެން ދޫކޮށްލީމައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *