ޣައްޒާގައި އިސްރާއީލު ސިފައިންގެ ފަސް މީހުން ރޭ މަރައިލައިފި ކަމަށް ޤައްސާމު ފައުޖުން ބުނެފިއެވެ. ޙަމާސުން ބުނިގޮތުގައި "ރަޢުނާނާ" ފިދާއީ ޙަމަލާއަކީ އިސްރާއީލުގެ ޤަތުލުޢާންމުތަކަށް ދިން ޠަބީޢީ ރައްދެކެވެ.
ޤައްސާމުގެ ޓެލެގްރާމުގައި ބުނެފައިވާގޮތުގައި އެ ޖަމާޢަތުގެ މުޖާހިދުން ދުޝްމަނުންގެ ފައިމަގު ސިފައިންގެ ބަޔަކަށް މި ޙަމަލާދިނީ ބިންގަރާހެއްގެ ތެރެއިން ކުއްލިއަކަށް ނުކުމެއެވެ. މި ޙަމަލާދިނީ ޚާން ޔޫނިސްގެ އިރުމަތީ ހިސާބެއްގައެވެ.
މީގެ އިތުރަށް އިސްލާމީ ޖިހާދު ބުނާގޮތުގައި އެ ޖަމާޢަތުން މިއަދު ސަދީރޫތު ސަހަރަށާއި ޣައްޒާ ފަށަލައިގައި ހިމެނޭ ބައެއް އާބާދީތަކަށް ރޮކެޓް ޙަމަލާތަކެއް ވަނީ ދީފައެވެ.



advertisment