Support Us

މުސްލިމު ޢިލްމުވެރީންގެ ޖަމްޢިއްޔާއިން 100 އާގުބޯޓުގެ އެހީ ޣައްޒާއަށް ފޮނުވަނީ

މުސްލިމު ޢިލްމުވެރީންގެ ޖަމްޢިއްޔާއިން 100 އާގުބޯޓުގެ އެހީ ޣައްޒާއަށް ފޮނުވުމަށް ނިންމައިފިއެވެ.

މުސްލިމު ޢާލިމުންގެ ޢާލަމީ އިއްތިޙާދުގެ ރައީސް އައްޝައިޚު ޑރ. ޢަލީ މުޙްޔިއްދީން ޤުއްރަ ދާޣީ މިއަދު ވިދާޅުވީ އެ އިއްތިހާދުގެ ވަފްދެއް ވެސް ޣައްޒާއަށް ފޮނުވުމަށް ނިންމައިފައިވާ ކަމަށެވެ.

"ޝަހީދުވާންޖެހުނަސް މި ވަފްދު މިޞްރާއެކު ވިލަރެސްކޮށްގެން ރަފަޙު މަގުންލައިފާ ޣައްޒާއަށް ވަންނާނެއެވެ." މި ވަފްދުގެ ރައީސަކަށް ހުންނަވާނީ އޭނާ ކަމަށް ވެސް ޝައިޚު ޢަލީ ދާޣީ ވިދާޅުވިއެވެ.

އެކްސްގައި އޭނާގެ ޞަފްޙާގައި ލިޔުއްވި މި ޚަބަރުގައި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޤައުމުތަކުން މި ބޯޓުތަކަށް ޙިމާޔަތް ދިނުމަށް އެދިވަޑައިގަތްފައި ވެއެވެ. 

މުސްލިމު ޢާލިމުންގެ ޢާލަމީ އިއްތިޙާދުގެ ރައީސް އައްޝައިޚު ޑރ. ޢަލީ މުޙްޔިއްދީން ޤުއްރަ ދާޣީ

ޝައިޚު ޢަލީ ދާޣީ ވިދާޅުވި ގޮތުގައި ޣައްޒާއާ ބެހޭ މަހާސިންތާއިން ނިންމި ނިންމުންތަކުގެ ތެރޭގައި އިއްތިޙާދުގެ ވަފްދެއް ޣައްޒާއަށް ދިޔުން ވެއެވެ. މި ވަފްދު ޣައްޒާއަށް ދާނީ މިޞްރާއެކު ވިލަރެސްކޮށްގެންނެވެ. 

ޝައިޚު ޢަލީ ދާޣީ ވިދާޅުވިއެވެ. "ޣައްޒާ މީހުން ގަދަކަމުން އެމީހުންގެ ބިމުން ހިޖްރަކުރުވާ މަސްއަލައަކީ ޢާލިމުން ކަންބޮޑުވާ ކަމެކެވެ. ޣައްޒާގެ އުތުރާއި ދެކުނާއި އިރުމައްޗާއި ހުޅަނގުގައި ޣައްޒާގެ ރައްޔިތުން ހިތްވަރުގަދަކަމާއި ސާބިތުކަމާއެކު ދައްކަމުންދާ ހިތްވަރުން އަޅުގަނޑުމެންނަށް އުންމީދު ލިބެއެވެ. ޣައްޒާގެ އަހްލުވެރިން ދަނީ ވޭނާއި ކެކުޅުންތައް ތަޙައްމުލުކުރަމުންނެވެ." 

ޝައިޚު ޢަލީ ދާޣީ އެހެން އެކްސްއެއްގައި ހާމަކުރެއްވި ގޮތުގައި "ޢަރަބި އިސްލާމީ އިންސާނީ ބައިނަލްއަޤްވާމީ އެއްބާރުލުމެއް ޤާއިމުކުރުމަށް" މި ބައްދަލުވުމުން ގޮވައިލިއެވެ. އެއީ އިސްލާމީ އުންމަތުގެ މަސްއަލަތަކަށާއި ޤަޒިއްޔާތަކަށް ޚިދްމަތްކުރުމަށް ޓަކައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިސްލާމީ ބޮޑެތި ޤައުމުތަކުގެ ޒަޢީމުންނަށް ވާނީ މި ކަމަށް ގޮވައިލައްވައި ސިޓީތަކެއް ފޮނުއްވައިފައެވެ. މި ސިޓީތަކުގައި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތަކާ އިސްލާމީ ޤައުމުތަކުން ދެކޮޅުހެދުމަށް އޭނާ އެދިވަޑައިގަތްފައިވާނޭ ކަމަށް ވިދާޅުވިއެވެ. މިކަމާ ބެހޭގޮތުން 80 ދައުލަތަކާ މުޚާޠަބުކުރައްވައިފާ ވާނޭ ކަމަށް ވިދާޅުވިއެވެ. މި ޤައުމުތަކުގެ ސަމިޓެއް ބޭއްވުމަށް ވެސް އޭނާ ވަނީ ގޮވައިލައްވައިފައެވެ. މި ސަމިޓް ބޭއްވުމުގެ މަޤްޞަދަކީ ޣައްޒާ ޙިމާޔަތްކުރުމާއި ދުނިޔޭގެ އެތަންމިތާނގައި އަނިޔާ ލިބިފައިވާ  މީހުން ޙިމާޔަތް ކުރުމަށް މަސައްކަތްކުރުންކަމަށް ޝައިޚު ޢަލީ ދާޤީ ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *