Support Us

އިސްރާއީލަށް ވަރަށް ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހޭ ވަގުތު ކައިރިވެއްޖެ: ޙިޒްބުﷲ

ޙަމާސާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ތަޙްލީލުކޮށް އަގުކުރައްވައި ޙިޒްބުﷲގެ ޒަޢީމު ޙަސަން ނަޞްރުﷲ ބަޔާނެއް ދެއްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި "ހަނގުރާމަ ހުއްޓުމުން އިސްރާއީލާ ބޮޑު ކާރިސާއަކާ ކުރުމަތިލާންޖެހޭނެއެވެ. އެއީ މުޤާވަމާގެ ސަބަބުން ކުރިމަތިލާންޖެހޭ ކާރިސާއެކެވެ."

ނަޞްރުﷲ ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމައިން އިސްރާއީލު ޙާޞިލުކުރަން އެދުނު އެއްވެސް މަޤްޞަދެއް ޙާޞިލެއް ނުކުރެވުނެވެ. ފާޅުކޮށްފައިވާ މަޤްޞަދުތަކުންވެސް އަދި ވަންހަނާކޮށްފައިވާ މަޤްޞަދުތަކުން ވެސް އެއްވެސް ކަމެއް ވަނީ ޙާޞިލްކުރުމަށް ނުކުޅެދިފައެވެ.

އިސްރާއީލުން އަވަހާރަކޮށްލި ޙިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމުގައި ވިސާމު ޙަސަން ޠަވީލު އަވަހާރަކޮށްލުމަށް ހަތް ދުވަސް ފުރުން ފާހަގަކުރުމަށް ބޭއްވި އިޙްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ނަޞްރުﷲ ވިދާޅުވިއެވެ." އިސްރާއީލު އޮތީ ވަރަށް ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި ޣަރަޤުވެފައެވެ. އެ މީހުންނަށް އެއްވެސް ނަޞްރެއް ލިބިފައެއް ނުވެއެވެ. އިސްރާއީލީންގެ އަމިއްލަ އިޢުތިރާފުން އެނގޭ ގޮތުގައި އެމީހުންނަށް ވަނީ އިޢުލާންކޮށްފައިވާ މަޤްޞަދެއްވެސް އަދި ވަންހަނާކޮށްފައިވާ މަޤްޞަދެއް ވެސް ޙާޞިލްނުކުރެވިއެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ބިންހިފައިގެން ތިބި މީހުންނަށް ލިބެމުންދާ ގެއްލުންތަކުން އެމީހުންގެ ހާސްކަންދަނީ އިތުރުވަމުންނެވެ. އެމީހުން އިޢުލާންކޮށްފައިވާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން އެމީހުންގެ ސިފައިންގެ ތެރެއިން 4،000 ސިފައިން ވަނީ ނުކުޅެދޭ މީހުންނަށް ވެފައެވެ. މި ޢަދަދު 30 ހާހަށް އިތުރުވާނެއެވެ."

އޭނާ ވިދާޅުވިއެވެ. "ދުޝްމަނުން ވަނީ ޢަރަބި ޤައުމުތަކުގެ އެތައް ލަޝްކަރުތަކެއް ހަ ދުވަހުގެ ތެރޭގައި ބަލިކޮށްފައެވެ. އެހެނަސް އުތުރު ޣައްޒާއާއި ޚާން ޔޫނުސްގައި މުޤާވަމާގެ ޖަމާޢަތްތަކުން އިސްރާއީލާ ހަނގުރާމަކުރަމުންދާތާ 100 ދުވަސްވެއްޖެއެވެ. ދުޝްމަނުންނަށް އެމީހުން ބަލިކޮށެއްނުލެވުނެވެ. އެއީ މުޤާވަމާގެ އީމާންކަމާއި ހިތްވަރުގަދަކަމާ ހެދިއެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ދުޝްމަނުންނަށް ޙަމާސް ނައްތައެއް ނުލެވުނެވެ. ޣައްޒާގައި އޮތް ޙަމާސް ސަރުކާރެއް ވެސް ނައްތައެއް ނުލެވުނެވެ. އުތުރު ޣައްޒާގެ ހުރިހާ ބިންތަކެއް އޮތީ ޙަމާސްގެ ބާރުގެ ދަށުގައެވެ."

ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ލުބްނާނާއި ޔަމަނާއި ޢިރާޤުގައި ދުޝްމަނުންނާ ދެކޮޅަށް ކުރިމަތިލުންތައް މިހާރުގެ ރާސްތާގައި ކުރިއަށްދާނަމަ އިސްރާއީލަށް މުޤަވަމާގެ ޝަރްޠުތައް ޤަބޫކުކުރަން މަޖްބޫރުވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *