Support Us

ޣައްޒާ ހަނގުރާމައިގެ ފުރަތަމަ 100 ދުވަހުގެ ޖަރީމާތައް

އިސްރާއީލުން ކުރަމުންދާ ޣައްޒާ ހަނގުރާމައިގެ ފުރަތަމަ 100 ދުވަހުގައި އިސްރާއީލުން ހިންގައިފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ޚުލާޞާއެއް އިންސާނީ ޙައްޤުތަކާބެހޭ ޔޫރޯމެޑިޓެރޭނިއަން މޮނިޓަރުން މިއަދު ހާމަކޮށްފިއެވެ. އެއީ ބިރުން ފިތްކަނޑައިގެންދާ ފަދަ ބޮޑެތި ޢަދަދުތަކެކެވެ.

ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޣައްޒާއިން މަރައިލި މީހުންނާއި ޒަޚަމުކޮށްލި މީހުންގެ ޢަދަދު 100 ހާހަށް އަރުވާ ރެކޯޑުހަދައިފައިވެއެވެ.

މި ޖަމާޢަތް ބުނާގޮތުގައި ޣައްޒާގައި އެވުރެޖު ގޮތަކަށް ދުވާލަކު 1000 މީހުންނާ ދެކޮޅަށް ހަނގުރާމައިގެ ބިރުވެރި ތަފާތު ޖަރީމާތައް ހިންގައިފައި ވެއެވެ. 

މި މޮނިޓަރު ބުނާގޮތުގައި ޣައްޒާގައި ޝިކާރަވެގެންގޮސްފައިވާ  މީހުންގެ 92% އަކީ މަދަނީންނެވެ. އޭގެތެރޭގައި 12,345 ކުޑަކުދީންނާއި 6,471 އަންހެނުންނާޢި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 295 މީހުންނާއި މަދަނީ ދިފާޢީ ޢުންޞުރުގައި ހިމެނޭ 41 މީހުންނާއި 113 ނޫސްވެރިން ހިމެނެއެވެ. 

ޔޫރޯމެޑިޓެރެނިޔަން މޮނިޓަރ ހާމަކުރި ގޮތުގައި އެއްވެސް ބޯހިޔާވަހިކަމެއް ރައްކައުތެރިކަމެއް އަމާންކަމެއް ތަނަވަސްކޮށް ނުދީ ޣައްޒާގެ އަހްލުވެރިންގެ ތެރެއިން އެއް މިލިއަން 955 ހާސް މީހުން އެމީހުންގެ ގެދޮރުން ގަދަކަމުން ބޭރަށްލައި ވިއްސިވިހާލުކޮށްލައިފައިވެއެވެ. އެއީ ޣައްޒާގެ މުޅި އާބާދީގެ 85% މީހުންނެވެ.

ޔޫރޯމެޑިޓެރޭނިއަން މޮނިޓަރުގެ ރިޕޯޓު ބުނާގޮތުގައި 100 ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ ބިނާރުތައް ގަސްތުގައި ހަލާކުކޮށްފައެވެ. ޣައްޒާ ވަނީ މީހުން ދިރިއުޅެން އެކަށިގެންނުވާ ތަނަކަށް ހަދައިފައެވެ. އިސްރާއީލުގެ ޙަމަލާތަކުގައި ހަސްފަތާލެއް މަދުރަސާއެއް މިސްކިތެއް ފައްޅިއެއް އިސްތިސްނާކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *