Support Us

ޔުކްރޭނަށް އިނގިރޭސި ސިފައިން ފޮނުވުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން: މެޑްވެޑޭވް

އިނގިރޭސިވިލާތުން ޔުކްރޭނަށް ސިފައިން ފޮނުވުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުމެއް ކަމަށް ރަޝިޔާގެ ކުރީގެ ރައީސް ޑިމްޓްރީ މެޑްވެޑެވް ވިދާޅުވެ އިނގިރޭސިވިލާތަށް އިންޒާރެއް ދެއްވައިފިއެވެ.

މެޑްވެޑޭވަކީ ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ނައިބު ރައީސެވެ. އޭނާ މި އިންޒާރު ދެއްވީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސްނަކް ޔުކްރޭނަށް މިއަދު ވަޑައިގެން ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ބައްދަލުކުރައްވާ އިނގިރޭސިވިލާތުން ޔުކްރޭނަށް ދެމުންދާ ޢަސްކަރީ އެހީ އިތުރުކުރައްވާނެކަން އިޢުލާން ކުރެއްވުމުންނެވެ.

މެޑްވެޑެވް އޭނާގެ ޓެލެގްރާމުގައި ލިޔުއްވިއެވެ. "ޔުކްރޭނުގައި ރަސްމީކޮށް ޢަސްކަރީ ފައުޖެއް ބޭއްވުމަކީ އަހުރެމެންގެ ޤައުމާދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ކަން އަހުރެމެންގެ ދާއިމީ ދުޝްމަނުން ބޮޑާ އިނގިރޭސީން ދަންނަން ޖެހޭނެއެވެ."

ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި މެޑްވެޑޭވް މިހާ ވަރުގަދަ ޢިބާރާތުން މިހެން ވިދާޅުވުމުން އެނގެނީ އެއީ ކްރެމްލިންގެ އެންމެ މަތީ ފެންވަރުގެ ވިސްނުންކަމެވެ. 

މެޑްވެޑެވް ވިދާޅުވިއެވެ. "އިނގިރޭސި ބޮޑުވަޒީރު ރިޝީ ސްނަކްގެ ވަފްދު ކިޔީވުގައި އުޅުއްވަނިކޮށް ކޯޅި ބޮމުގެ ޙަމަލާއެއް ދެވިއްޖެނަމަ ހުޅަނގު ބުނާނީ ކީކޭހެއްޔެވެ؟ އެމީހުންގެ ހިތަށް އަރާނީ ކޮން ކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟ އޭނާ ވިދާޅުވިގޮތުގައި މިދާކަށް ދުވަހު ރަޝިޔާގެ ބޮލްގޮރާޑަށް ކިޔީވުން ދީފައިވަނީ މި ކަހަލަ ޙަމަލާއެކެވެ. އޭނާ އިޝާރާތް މި ކުރައްވަނީ މި ހުސްވި ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު  ޔުކްރޭނުން ދިން ޙަމަލާއަށެވެ. މި ޙަމަލާގައި 20 މީހުން މަރުވެ 111 މީހުން ޒަޚަމުވެފައި ވެއެވެ. އޭގެތެރޭގައި ކުޑަ ދެ ކުދިން ހިމެނެއެވެ. މި ޙަމަލާދީފައި ވަނީ ރަޝިޔާ ބުނާގޮތުގައި ތަނެއްދޮރެއް ނުބަލައި ކޯޅި ބޮން ބޭނުންކޮށްގެންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *