ޣައްޒާ ހަނގުރާމައިގައި އެމެރިކާއަށް އެހީވުމަށް ސްރީ ލަންކާއިން ރަތްކަނޑަށް މަނަވަރެއް ފޮނުވައިފިއެވެ.
މި މަނަވަރަކީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކާ ދެކޮޅަށް ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ކުރަމުންދާ ހަނގުރާމައިގައި އެހީވުމަށް ޓަކައި ޔަމަނުގެ ހޫސީން ރަތްކަނޑާއި ޢަރަބި ކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅީގައި ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތަކަށާއި އިސްރާއީލަށް މުދާ ހިފައިގެންދާ އުޅަނދުތަކަށް ޙަމަލާދެމުންގެންދާތީ އެ ޢަމަލުތައް ހުއްޓުވުމަށް ޓަކައި އެމެރިކާއިން އެކުލަވައިލައިފައިވާ "ފާގަތިކަމުގެ ފާރަވެރިޔާ" ބާރުގައި ބައިވެރިވުމަށް ފޮނުވި މަނަވަރެކެވެ.
ސްރީ ލަންކާގެ ކަނޑުގެ ބާރުގެ ތަރްޖަމާނު ޖާޔާ ވިކްރަމަސޫރިޔާ ހާމަކުރެއްވި ގޮތުގައި އެމެރިކާއާއެކު މި ކަނޑު ބެލެހެއްޓުމުގެ މަސައްކަތުގައި ލަންކާގެ ކަނޑުގެ ސިފައިންގެ 100 މީހުން ބައިވެރިވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަމަށް ޓަކައި ލަންކާ ސަރުކާރަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.
ސްރީ ލަންކާއާ 2022ގައި ކުރިމަވި އިޤްތިޞާދީ ދަތިކަމުގެ ސަބަބުން އެ ޤައުމުގެ ބޭރުގެ ދަރަނި ވަނީ 46 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ.



advertisment