Support Us

ޔުކްރޭންގެ ހުރިހާ ސަރަޙައްދުތަކެއް ރޫސީ ވައިގެ ޙަމަލާގެ އިންޒާރުގެ ދަށުގައި

ޔުކްރޭނުގެ ވަރަށް ގިނަ ސަރަޙައްދުތަކަކަށް އަމާޒުކޮށް ރަޝިޔާއިން ވައިގެ މިސައިލް ޙަމަޅަތަކެއް މިއަދު ހެނދުނު ދެމުން އެބަދާކަމަށް ޔުކްރޭނުން ބުނެފިއެވެ. ކިޔީވުން ބުނިގޮތުގައި މުޅި ޤައުމު އޮތީ ރޫސީ ވައިގެ ޙަމަލާތަކުގެ އިންޒާރުގެ ދަށުގައެވެ.

ޔުކްރޭންގެ ވައިގެ ބާރުތަކުން އެމީހުންގެ ޓެލެގްރާމުގައި ލިޔުނުގެ އިންޒާރުގެ މެސެޖުގައި ވެއެވެ. "ކިޔީވުންނޭވެ! އަވަހަށް ޙިމާޔަތް ލިބިގަންނާށެވެ!" މި ޓެލެގްރާމު ބުނިގޮތުގައި ވެރިރަށް އޮތީ ބޮލިސްޓިކް މިސައިލް ޙަމަލާއެއްގެ ނުރައްކަލުގެ ތެރޭގައެވެ. 

 ޚަބަރުފަތުރާ މީޑިޔާތައް ބުނާގޮތުގައި ރަޝިޔާއިން މި ޙަމަލާ ދޭން ފަށައިފައިވަނީ ޔުކްރޭން ގަޑިން ހެނދުނު 6:00 ގައެވެ. މި ޙަމަލާގައި ރަޝިޔާއިން ދަނީ ކްރޫޒް މިސައިލާއި ބޮލިސްޓިކް މިސައިލް ބޭނުންކުރަމުންނެވެ. 

މި ޙަމަލާއާ ބެހޭގޮތުން ޔުކްރޭނުގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ހެދުނު އެންމެކާރޫބާރޫ ބޮޑު ވަގުތުގައި ރަޝިޔާއިން މި ދިން ޙަމަލާގައި ޢާންމުން ދިރިއުޅޭ ތަންތަނާއި ޞިނާޢަތްތެރި މަސައްކަތްކުރާ ތަންތަން ހިމެނެއެވެ. މި ޙަމަލާގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. އަދި އެތައް ތަނެއްގައި ވަނީ ރޯވެފައެވެ.

ރަޝިޔށާއިން ޙަމަލާދިން ތަންތަނުގެ ތެރޭގައި ދެކުނު ޔުކްރޭންގެ ރަށްތަކާއި ޒަބަރޯޖިޔާ ސަރަޙައްދާއި ޚާރްކިޔޭވް ސަރަހައްދާއި ޑްނިޕްރޯ ސަރަޙައްދު ހިމެނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *