Support Us

ފަލަސްޠީނު މީހުންގެ މަހާނަތައް ކޮނެ 150 މީހެއްގެ ހަށިގަނޑު އިސްރާއީލުން ވަގަށް ނަގައިފި

ޣައްޒާގެ އިރުމަތީ އަވަށެއް ކަމުގައިވާ ތުއްފާޙު އަވަށުގެ ޤަބުރުސްތާނުތައް ކޮނެ މައްޔިތުންގެ ހަށިތައް ވަގަށްނަގަމުންދާ ކަމަށް ޙަމާސުން ތުހްމަތުކޮށްފިއެވެ.

ޙަމާސުން ބުނާގޮތުގައި އިސްރާއީލު ސިފައިން ވަނީ 1,100 މަހާނަކޮނެ 150 ހަށިގަނޑު ވަގަށް ނަގައިފައެވެ. މިއީ ވަރަށް ފަހުން ވަޅުލި މީހުންގެ ހަށިތަކެއް ކަމަށް ވެސް ޙަމާސުން ބުންޏެވެ. އިސްރާއީލު ސިފައިން މި ހަށިތައް ގެންދިޔައީ ކޮންތާކަށް އަދި ކީއްކުރަން ކަމެއް ނޭނގެއެވެ.

މަހާނަތައް ކޮނެ މައްޔިތުންގެ ހަށިގަނޑުތައް ނަގައި އެ ހަށިގަނގުތަކަށް ގެއްލުންދިނުމަކީ ހުރިހާ ޤާނޫނުތަކެއްގައްޔާއި ބައިނަލްއަޤްވާމީ ޢުރުފުގައި މަނާކަމެކެވެ.

މީގެ ކުރިން އިސްރާއީލު ސިފައިން ވަނީ ރަފަޙުގައި ފަލަސްޠީނުގެ 80 މީހެއްގެ ހަށިގަނޑު ފަޅައި އެމީހުންގެ ގުނަވަންތައް ވަގަށް ނަގައިފައެވެ. ރެޑް ކްރޮސް ޖަމްޢިއްޔާއިން ބުނާގޮތުގައި މި މީހުންގެ ހަށިގަނޑުތައް އެ ޖަމްޢިއްޔާއާ ޙަވާލު ކުރީ މި ހަށިގަނޑުތައް ފަޅައި ގުނަވަންތައް ނެގުމަށްފަހުގައެވެ.

މިފަދަ ޖަރީމާތައް ކުށްވެރިކުރުމަށާއި އެ ކަންކަން ހުއްޓުވުމަށް ޓަކައި ފިޔަވަޅުއެޅުމަށް ޙަމާސުން ދުނިޔޭގެ ސަރުކާރުތަކަށާއި އިންސާނީ ޙައްޤުތަކާބެހޭ ޖަމޢަތްތަކަށާއި އދ ގެ ކަމާބެހޭ ޖަމްޢިއްޔާތަކަށް ގޮވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *