Support Us

އިސްރާއީީލުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށް އިންތިޚާބު އަވަހަށް ބޭއްވުމަށް ގޮވައިލައިފި

އިސްރާއީލުގެ ބޮޑު ދެ ރަށެއްގައި އެތައް ހާސް ބަޔަކު ނަތަންޔާހޫއާ ދެކޮޅަށް ރޭ މުޒާހަރާކޮށް އިންތިޚާބު އަވަހަށް ބޭއްވުމަށް ގޮވައިލައިފިއެވެ. ޢިބްރީ މީޑިއާތައް ބުނާގޮތުގައި މުޒާހަރާތައް ބާއްވައިފައި ވަނީ ތައްލު އަބީބާއި ޙައިފާގައެވެ. 

ހާ އާރްޓިސް ދުވަހު ނޫސް ބުނާގޮތުގައި ތައްލު އަބީބުގައި މުޒާހަރާ ބާއްވައިފައިވަނީ ހަބީމާ މައިދާނުގައެވެ. މުޒާހިރީން ގޮވައިލީ ބަރްލަމާނު އުވައިލައި ޢާންމު އިންތިޚާބު އަވަހަށް ބޭއްވުމަށެވެ. މި ނޫހުން ބުނިގޮތުގައި ޙައިފާގައި ބޭއްވި މުޒާހަރާގައި ނަތަންޔާހޫ ކުށްވެރިކޮށް ހަނގުރާމަ ހުއްޓައި އަސީރުން މިނިވަންކުރުމަށް ގޮވައިލައިފާ ވެއެވެ.

އެހެނަސް އިސްރާއީލުން ޙަމާސްގެ ނައިބު ރައީސް ޢާރޫރީ އަވަހާރަކޮށްލުމާ ވިދިގެން އަސީރުން ބަދަލުކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ޤަޠަރާއި މިޞްރުން ވަނީ އެ މަސައްކަތް ކުރުން ހުއްޓައިލައިފައެވެ. 

ނަތަންޔާހޫގެ މަޤްބޫލުކަމެއް ނެތް

އިސްރާއީލުގައި ބޮޑުވަޒީރު ނަތަންޔާހޫގެ މަޤްބޫލުކަން ހުރި މިންވަރު ބެލުމަށް ޓަކައި މި ދާކަށް ދުވަހު ނެގުނު ފެންނަނުފެންނަ ވޯޓެއް ބުނާގޮތުގައި އިދިކޮޅު ޒަޢީމު ބެނީ ގެންޓްސްގެ މަޤްބޫލުކަން 48% އަށް މައްޗަށް ގޮސްފައިވާއިރު ނަތަންޔާހޫއަށް ތާއީދުކުރާ މީހުންގެ ޢަދަދަކީ އެންމެ 34% އެވެ. މި ދިރާސާ ބުނާގޮތުގައި އިސްރާއީލުގައި މިއަދު އިންތިޚާބެއް ބޭއްވިއްޖެނަމަ ގެންޓްސްގެ ޕާޓީއަށް 36 ގޮނޑި ލިބޭނެއެވެ. ނަތަންޔާހޫގެ ޕާޓީއަށް ލިބޭނީ 19 ގޮނޑިއެވެ. ލެޕިޑްގެ ޕާޓީއަށް 14 ގޮނޑި ލިބޭނެއެވެ. 

ޣައްޒާ ހަނގުރާމަ ހަމަ ނިމޭއިރަށް އިސްރާއީލުގައި އިންތިޚާބެއް ބޭއްވޭނެކަމަށް ނިމުތު ކުރެވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *