Support Us

ލުބްނާނުތެރެއިން އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއް

 އުތުރު އިސްރާއީލަށް އަމާޒުކޮށް ލުބްނާނުތެރެއިން ރޮކެޓް ޙަމަލާތަކެއް ދީފިކަމަށް އިސްރާއީލު ސިފައިން ބުނެފިއެވެ. އިސްރާއީލު ބުނާގޮތުގައި މި ޙަމަލާއަށް އިސްރާއީލުން ވަރުގަދަ ރައްދެއް މިއަދު ދިނެވެ. 

އިސްރާއީލު ބުނާގޮތުގައި މި ޙަމަލާދިނުމުގައި ބައިވެރިވި "ހަތަޔަށް" އިސްރާއީލުން ވާނީ ރައްދު ޙަމަލާދީފައެވެ. 

އިސްރާއީލުގެ އުތުރު ސަރަޙައްދުގައި އިންޒާރުގެ ކަށިގަނޑު ފުމެލެވުމާ ވިދިގެން އިސްރާއީލުން ވަނީ އިސްރާއީލުގެ މީރޯން ސަރަޙައްދަށް ޙަމަލާދިން ލުބްނާނުގެ 40 ތަނެއް ފާހަގަކޮށްފައެވެ. އިސްރާއީލު ބުނާގޮތުގައި ލުބްނާނުތެރެއިން އައި ރޮކެޓްތަކުގެ ތެރެއިން 30 ރޮކެޓް ވަނީ ވައްޓައިލައިފައެވެ. ލުބްނާނުގެ މި ޙަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކާ ބެހޭގޮތުން އިސްރާއީލުން އެއްވެސް އެއްޗެއް ނުބުނެއެވެ. 

ލުބްނާނުގެ ޙިޒްބުﷲ ބުނާގޮތުގައި އިސްރާއީލުން ޙަމާސްގެ ސިޔާސީ ޙަރަކާތާބެހޭ އޮފީހުގެ ނައިބު ރައީސް ޞާލިޙުލްޢާރޫރީ އަވަހާރަކޮށްލުމަށް ބަދަލުހިފުމުގެ ގޮތުން އެ ޖަމާޢަތުން މިއަދު އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއް ދިނެވެ. ޙިޒްބުﷲއިން  ބުނިގޮތުގައި އެމީހުން 62 ރޮކެޓް ފޮނުވައިލިއެވެ. 

ޙިޒްބުﷲ އިން ހާމަކުރިގޮތުގައި އެމީހުންގެ ޙަމަލާގެ އަމާޒަކީ  ޖުރްމަޤު ފަރުބަދަމަތީގައި އޮންނަ އިސްރާއީލުގެ ޢަސްކަރީ ވައިގެ ބޭހެވެ. ޙިޒްބުﷲ އިން ހާމަކުރިގޮތުގައި މި އަމާޒަށް މި ޙަމަލާ ވަނީ އަރައިފައެވެ. އަދި މި ބޭހަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

އިސްރާއީލުން  ޞާލިޙުލް ޢާރޫރީ އަވަހާރަކޮށްލައިފައިވަނީ އަންގާރަ ދުވަހު ލުބްނާނުގެ ވެރިރަށް ބައިރޫތަށް ދިން ވައިގެ ޙަމަލާއެއްގައެވެ. މި ޙަމަލާގެ ސަބަބުން ޙަމާސްގެ ދެ އިސްވާރަކުވެސް އަވަހާރަވެފައި ވެއެވެ.

އިސްރާއީލުގެވ މި ޢުދްވާނާ ވިދިގެން ޤަޠަރާއި މިޞްރުން ވަނީ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓައިލައިފައެވެ. ޙަމާސާއި އިދސްލާމީ ޖިހާދުން ވަނީ އިސްރާއީލާއެކު އަސީރުން ބަދަލުކުރުމާ ބެހޭގޮތުން ވާހަކަނުދައްކާނެކަމަށް ވެސް ބުނެފައެވެ. ލުބްނާނަށް މި ދިން ޢުދްވާނުގެ ޝަކްވާ އެ ޤައުމުން ވަނީ ސަލާމަތީ މަޖިލީހަށް ހުށައަޅައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *