Support Us

ފަލަސްޠީނު މީހުން ޣައްޒާއިން ބޭރުކުރަން ކުރާ މަސައްކަތާ ދެކޮޅު ހެދުމަށް ގޮވައިލައިފި

ފަލަސްޠީނު މީހުން ޤުދްސުންނާއި ފަލަސްޠީނުގެ ބިންތަކުން ގަދަކަމުން ބާލަން އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅުހެދުމަށް ޙަމާސުން އދގެ މުއައްސަސާތަކަށާއި އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާތަކަށް ގޮވައިލައިފިއެވެ. 

ޙަމާސުން މި ކަމަށް ގޮވައިލާ ނެރުނު ބަޔާނުގައި އިސްރާއީލުން 1948ގައި ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގައި އުޅޭ ފަލަސްޠީނު ރައްޔިތުން އެ ބިންތަކުންނާއި ޤުދްސުންނާއި ޣައްޒާއިން ގަދަބާރުން ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.
ޙަމާސުން އދ ގެ މުއައްސަސާތަކަށާއި އިންސާނީ ޙައްޤުތަކާބެހޭ ޖަމުޢިއްޔާތަކަށް އިސްރާއީލާ ދެކޮޅަށް ތެދުވެ ފަލަސްޠީނު މީހުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ގޮވައިލައިފާ ވެއެވެ. އިސްރާއީލުން ފަލަސްޠީނުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތަކާއި ނަސްލުހޭދުގެ ޖަރީމާތައް ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވެއެވެ. 

އިންސާނީ ޙައްޤުތަކާބެހޭ އދގެ ހައި ކަމިޝަން ބުނާގޮތުގައި އިސްރާއީލުގެ އިސް މަސްއޫލުވެރިން ޣައްޒާގެ ރައްޔިތުން އެ ބިމުން ބާލައި އެހެން ޤައުމުތަކެއްގައި ވަޒަންކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެކެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ވަނީ ޣައްޒާއިން 22،438 މީހުން ޝަހީދުވެ 57،614 މީހުން ޒަޚަމުވެފައެވެ. މީގެ އިތުރަށް އިސްރާއީލުން ވަނީ ޣައްޒާގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް އެ ތާނގެ ބިނާރުތަކާއި ބޯހިޔާވަހިތަކާއި މަދަރުސާތަކާއި މިސްކިތްތައް ތަޅައި ފުނޑުފުނޑުކޮށް ހަލާކުކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *