Support Us

ކަރަމާން ޙަމަލާގައި މަރުވި މީހުންނަށްޓަކައި އީރާނުން ހަރުކަށި ރައްދެއް ދޭނެ 

އީރާނުގެ އިންޤިލާބީ ފާރަވެރީންގެ އިސް އިސްވާރެއްކަމުގައިވާ ޖެނެރަލް ޤާސިމު ސުލައިމާނީގެ މަހާނަ ކައިރީގައި ދެވުނު ބޮމުގެ ދެ ޙަމަލާގައި މަރުވި މީހުންގެ ޢަދަދު ސައްތައަކަށްވުރެ ގިނަވެއްޖެކަމަށް އީރާނުން ބުނެފިއެވެ. މި ޙަދިސާގައި މަރުވިމީހުންނަށް ޓަކައި މިއަދަކީ އީރާނުގައި ހިތާމަ ފާޅުކުރުމުގެ ދުވަހެކެވެ. 

މި ޙާދިސާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އީރާނުގެ ދީނީ ޒަޢީމު ޢަލީ ޚާމަނައީ ވިދާޅުވިއެވެ. "ކަރަމާންގައި ހިންގި ބޮން ގޮއްވުމުގެ ދެ ޙާދިސާއަށް ދޭ ރައްދު ވަރަށް ހަރުކަށިވާނެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ޤާސިމު ސުލައިމާނީގެ ސިފައިން މި ޖަރީމާ އަށް މާފެއް  ނުދޭނެތެވެ." 

އޭނާ އިތުރަށް ވިދާޅުވިއެވެ. "އީރާނުގެ އުންމަތުގެ  ނުބައި ނުލަފާ ދުޝްމަނުން ބޮޑު ކާރިސާއެއް ހިންގައިފިއެވެ.ޝަހީދުންގެ  ޤަބުރުސްތާނު ކައިރީގައި މި ހިންގި ޖަރީމާގެ ސަބަބުން ވަޠަނުގެ ލޮބުވެތި ރައްޔިތުންތަކެއްގެ ފުރާނަ ގެއްލިގެން ހިނގައްޖެއެވެ." 

އޭނާ ވިދާޅުވިއެވެ. "ސުލައިމާނީގެ ސިފައިން އެމީހުންނަށް މާފެއް ނުކުރާނެތެވެ. އެމީހުން ވަރަށް ވަރުގަދަ ހަރުކަށި ރައްދެއް ދޭނެތެވެ." 

މި ޙާދިސާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވިގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް އީރާނުން ހަނގުރާމަ ކުރާނެތެވެ. ކަރަމާނުގެ ޙާދިސާ ރާވައި ހިންގި މީހުން ހޯދައި އެމީހުންނަށް ވަރަށް އަވަހަށް ޖަޒާދޭނެ ކަމަށް ރައީސީ ވިދާޅުވިއެވެ. ރައީސީ ސިފަކުރެއްވި ގޮތުގައި މިއީ "ލާ އިންސާނީ ނިރުބަވެރި ޙަމަލާއެކެވެ. މި ފިނޑި ޢަމަލު ހިންގި މީހުން ދެނެގަނެ އެމީހުންގެ މައްޗަށް ވަރަށް އަވަހަށް ޤާނޫނު ތަންފީޒު ކުރެވޭނެއެވެ."

އީރާނުގެ ކަރަމާނުގައި ޝަހީދުންގެ މަޤްބަރާ ކައިރީގައި ހިނގި ދެ ހާދިސާގައި 103 މީހުން މަރުވެ 211 މީހުން ޒަޚަމުވިއެވެ. 

ކަރަމާން ސަރަޙައްދުގައި ވަނީ ތިން ދުވަހުގެ މުއްދަތަށް ހިތާމަ ފާޅުކުރުން އިޢުލާންކޮށްފައެވެ. 

އިއްޔެ އަކީ ޖެނެރަލް ޤާސިމު ސުލައިމާނީ އަވަހާރަކޮށްލި ޙާދިސާއަށް ހަތަރު އަހަރު ފުރުނު ދުވަހެވެ. ސުލައިމާނީ އަވަހާރަކޮށްލައިފައި ވަނީ ރައީސް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ޢަސްކަރިއްޔާއިން ދިން ޑްރޯން ޙަމަލާއެއްގައި ޢިރާޤަށް ވަޑައިގެންނެވިތަނާއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *