Support Us

ޢާރޫރީ އަވަހާރަކޮށްލުމުން އަސީރުން ބަދަލުކުރުމުގެ މެދުވެރިއެއްގެ ދައުރު މިޞްރުން ހުއްޓައިލައިފި

 ޙަމާސް ޙަރަކާތުގެ ނައިބު ރައީސް ޞާލިޙުލް ޢާރޫރީ އިސްރާއީލުން ރޭ އަވަހާރަކޮށްލުމުން އިސްރާއީލާ ފަލަސްޠީނުގެ ޖަމާޢަތްތަކާ ދެމެދުގައި ބޭއްވެމުންދިޔަ ވާހަކަދެއްކުންތަކުގައި މެދުވެރިއެއް ދައުރު އަދާކުރުން މިޞްރުން ހުއްޓައިލައިފިކަން މިޞްރުން އިސްރާއިލަށް ރަސްމީކޮށް އަންގައިފިއެވެ.

އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި އިސްރާއީލާއި  ފަލަސްޠީނުގެ ޖަމާޢަތްތަކާ ދެމެދުގައި އަސީރުން ބަދަލުކުރުމުގެ ހުރިހާ މަސައްކަތްތަކެއް މިޞްރުން މިއަދު ވަނީ ގަނޑުކޮށްފައެވެ. އެއީ ޙަމާސުގެ ނައިބު ރައީސް ޢާރޫރީ އަވަހާރަކޮށްލުމުންނެވެ. 

ޙަމާސާއި އިސްލާމީ ޖިހާދު ޖަމާޢަތުން މިއަދު ހާމަކުރިގޮތުގައި  ޤަޠަރާއި މިޞްރު މެދުވެރިވެގެން އިސްރާއީލާއެކު ނުސީދާކޮށް ބޭއްވުންދިޔަ ވާހަކަދެއްކުންތައް މިއަދުން ފެށިގެން ނުބޭއްވޭނެއެވެ. އަސީރުން ބަދަލުކުރުމެއް ވެސް ނޯންނާނެއެވެ. އަދި ހަނގުރާމަ ހުއްޓައިލުމެއް ވެސް ދެނެއް ނޯންނާނެއެވެ. އެއީ ބައިރޫތުގެ ދެކުނު ރަށްބޭރުގައި ޢާރޫރީއަށް ޑްރޯނުން ޙަމަލާދީ ރޭ އަވަހާރަކޮށްލުމުންނެވެ. 

އިސްރާއީލުން ރޭ މި ދިން ޑްރޯން ޙަމަލާގައި ޢާރޫރީގެ އިތުރަށް ޤައްސާމުގެ އިސް ދެ ބޭފުޅަކު ވެސް ވަނީ ޝަހީދުވެފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *