Support Us

ފަލަސްޠީނުގެ މުޤާވަމާއިން އައު އަހަރު ފެށީ ތައްލު އަބީބަށް އޮއްސައިލި ރޮކެޓްތަކަކުން

އިސްރާއީލުން ޣައްޒާގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތަކަށް ބަދަލުހިފުމުގެ ގޮތުން ޤައްސާމު ފައުޖުން ތައްލު އަބީބަށާއި މި ރަށުގެ ވަށައިގެންވާ ރަށްތަކަށް އެމް 90 މަރުކާގެ ރޮކެޓްތަކުން ރޭ ދަންވަރު އައު އަހަރު ފެށުނު ގަޑީގައި ޙަމަލާތަކެއް ދީފިއެވެ.

ޤުދުސް ގަޑިން އައު އަހަރު ފެށުނު ވަގުތު މި ދިން ޙަމަލާގެ ސަބަބުން ތައްލު އަބީބާއި މި ރަށުގެ ވަށައިގެން ދެކުނު ފަރާތުގައި އޮންނަ ރަށްތަކުގައި އިންޒާރުގެ ކަށިގަނޑުތައް އެޅިގެން ދިޔައެވެ.  

އިސްރާއީލު ރޭޑިއޯއިން ހާމަކުރި ގޮތުގައި ޣައްޒާއިން ރޭ ރޮކެޓް ފުންޏެއް އިސްރާއީލުގެ ދެކުނާއި މެދުތެރޭގެ ރަށްތަކަށް އޮއްސައިލިއެވެ. މި ރޭޑިއޯ ބުނިގޮތުގައި އިންޒާރުގެ ކަށިގަނޑު ފުމެލި ރަށްތަކުގެ ތެރޭގައި ތައްލު އަބީބާއި ލިއްދާއި ރަމްލާއާއި ހުޅަނގު އައްސޭރީގެ މެދުތެރޭގައި ހަދައިފައިވާ މޫދިޢައިން އާބާދީއާއި ޣައްޒާ ފަށަލަތެރޭގައި އޮންނަ ސަދީރޫތު ސަހަރު ވެއެވެ.

ޤައްސާމު ފައުޖުން އިއްޔެ ޣައްޒާގައި ބައިތު ލާހިޔާ މަތިން އިސްރާއީލުގެ ޖާސޫސޫީމަތިންދާބޯޓެއް ވައްޓައިލިއެވެ. މިއީ ސްކައިލާރކް 2 މަރުކާގެ ބޯޓެކެވެ. މީގެ އިތުރަށް ޤައްސާމުގެ ޓެލެގްރާމު އޮޅި ބުނާގޮތުގައި ޣައްޒާގެ ޒައިތޫނާ އަވަށްމަތިން އިސްރާއީލުގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓައިލިއެވެ. މި ހެލިކޮޕްޓަރު ވައްޓައިލީ ސޭމް 7 މަރުކާގެ މިސައިލަކުންނެވެ. 

އަނެއްކޮޅުން އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފައުޖު ސަރާޔާ އަލްޤުދްސް ބުނާގޮތުގައި އެ ފައުޖުގެ ހަނގުރާމަވެރިން ޣައްޒާގެ ޝުޖާޢިއްޔާ އަވަށުގައި ބިންގަރާހެއްގެ އަނގަމަތީގައި ތިބި އިސްރާއީލު ސިފައިންތަކަކަށް ޙަމަލާދީ އޭގެތެރެއިން އެތައް ބަޔަކު މަރައިލައި އެތައް ބަޔަކު ޒަޚަމުކޮށްލިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *