Support Us

އީރާނަށް ސީދާ ޙަމަލާދޭނެކަމުގެ ބިރު ނަތަންޔާހޫ ދައްކައިފި

ލުބްނާނު – އިސްރާއީލު ސަރަޙައްދީ ރޮނގު ހުރަސްކޮށް ކޮންމެ ދުހަކު ކަހަލަ ގޮތަކަށް އިސްރާއީލާ ޙިޒްބުﷲއާ ދެމެދުގައި ޙަމަލާތައް ބަދަލުކުރެވެމުންދާތީ އިސްރާއީލުގެ ބޮޑުވަޒީރު ރުޅިގަދަކޮށް އީރާނަށް ސީދާ ޙަމަލާދޭނެކަމުގެ ބިރު ދައްކައިފިއެވެ. 

އިތުރު ތަފްސީލަށް ނުގޮސް ނަތަންޔާހޫ ބުންޏެވެ. "ޙިޒްބުﷲ ޖަމާޢަތުން މި ހަނގުރާމަ ފުޅައުކުރަމުންދާނަމަ އެމީހުންނަށާއި އީރާނުގެ ޚިޔާލަށް ވެސް ނުގެނެވޭނެވަރުގެ ބިރުވެރި ބާރުވެރި ޙަމަލާތަކެއް އަހުރެމެން ދޭން ފަށާނަމެވެ."

މި ބަޔާން ނަތަންޔާހޫ ދިނީ ނޫސްވެރީންނާ ބައްދަލުކުރަމުންނެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ތޭރަވަނަ ހަފުތާއަށް މިހާރު ވަނީ އަޅައިފައެވެ. 

ނަތަންޔާހޫ އިތުރަށް ބުންޏެވެ. "ފިލެޑެލްފިޔާ ނާރެސް އޮންނަންޖެހޭނީ އަހުރެމެންގެ ބާރުގެ ދަށުގައެވެ.އެ ނާރެސް ބަންދުކުރަން ވަނީ ޖެހިފައެވެ. އެހެން ނަހަދާ އަހުރެމެން ބޭނުންވާ ގޮތަށް ޣައްޒާ ހަތިޔާރުނެތް ސަރަޙައްދަކަށް ނެހެދާނެއެވެ." 

ނަތަންޔާހޫ ބުންޏެވެ. "ހަނގުރާމަ މިހާރުވަނީ އެންމެ މަތީ ކުންނައަށް ވާޞިލުވެފައެވެ. އަހުރެމެން މިހާރު މިދަނީ ހުރިހާ މައިދާންތަކެއްގައި ހަނގުރާމަކުރަމުންނެވެ. ނަޞްރު ލިބުމަށް ވަގުތު ބޭނުންވާނެއެވެ."

އިސްރާއީލުގެ ޗެނެލް 13 ޓީވީ ބުނިގޮތުގައި ދިފާޢި ވަޒީރު ގެލެންޓާއި ހަނގުރާމައިގެ ކެބިނެޓް ވަޒީރު ބެނީ ގެންޓްސް މި ނޫސް ބައްދަލުވުމުގައި ބައިވެރިއެއް ނުވެއެވެ. އެހެނަސް އެ ވަޒީރުންނަށް ވެސް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތު ދެވުނެވެ. މި ދެ ވަޒީރުން މި ބައްދަލުވުމުގައި ބައިވެރިނުވީ ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން ވާހަކަދައްކަން ނަތަންޔާހޫ ދެކޮޅުހަދާތީއެވެ. އެމެރިކާގެ މޮނިޓަރ ދުވަހު ނޫސް ބުނާގޮތުގައި ބޮޑުވަޒީރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބެނީ ގެންޓްސްއާއި ކުރީގެ ޗީފް އޮފް ސްޓާފް ގާޒީ އައިޒަންކޮޓް އިސްތިޢުފާދީފާނެތީއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *