Support Us

ދެކުނު އެފްރިކާއިން އިސްރާއީލުގެ މައްޗަށް ނަސްލުހޭދުގެ ދަޢުވާ އުފުލައިފި

އިސްރާއީލުން ޣައްޒާގައި ފަލަސްޠީނު މީހުންނާދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަކީ ނަފްސުހޭދުއެއް ކަމަށް ބުނެ އެ މަސްއަލަ ބަލައިދިނުމަށް ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ އިންސާފު ކޯޓުގެ ކިބައިން އިއްޔެ އެދިއްޖެއެވެ.

ދެކުނު އެފްރިކާއަކީ ފަލަސްޠީނުގެ މަސްއަލައިގައި ބައިނަލްއަޤްވާމީ މިންބަރުތަކުގައި އެންމެ ބޮޑަށް އަޑު އުފުލާ އެއް ޤައުމެވެ. އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައާ ދެކޮޅަށް ދެކުނު އެފްރިކާއިން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ދެކުނު އެފްރިކާ ބުނާގޮތުގައި އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ނުބައި ނިޔަތެއްގައި ފަލަސްޠީނީން ނައްތައިލުމަށް ކުރަމުންދާ އަނިޔާވެރި ލާއިންސާނީ ހަނގުރާމައެކެވެ.

ދެކުނު އެފްރިކާއިން ތުހްމަތުކުރާ ގޮތުގައި އިސްރާޢީލުގެ ޢަމަލުތަކުގެ ތެރޭގައި ޤަތުލުޢާންމާއި ނަފްސަށް ގެއްލުންދިނުމާއި ނަފްސަށް ގެއްލުން ލިބޭ ފަދަ މާޙައުލުތައް އުފެއްދުން ވެއެވެ.

ދެކުނު އެފްރިކާ ބުނާގޮތުގައި އިސްރާއީލުގެ މި ޢަމަލުތަކުގެ ނަތީޖާއަކީ ފަލަސްޠީނީންގެ ނަސްލު ނައްތައިލައި ފުހެލުމެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާބެހޭ އުޞޫލުތަކާ އަރާރުންވާ ކަމެކެވެ. ދެކުނު އެފްރިކާ ބުނާގޮތުގައި އިސްރާއީލުން ހިންގާ މި ޖަރީމާތަކުގައި އެތަނުގެ ރައީސާއި ބޮޑުވަޒީރާއި އިސް މަސްއޫލުވެރިން ޝާމިލުވެއެވެ.

އިސްރާއީލުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ދެކުނު އެފްރިކާގެ މި ޢަމަލަކީ އިސްރާއީލުގެ ޝަރަފު ކަތިލުމަށް ކުރަމުންދާ ޢަމަލެއް ކަމަށް ބުންޏެވެ. އިސްރާއީލު ބުނާގޮތުގައި "ދެކުނު އެފްރިކާގެ ދަޢުވާގައި ޤާނޫނީ އެއްވެސް އޮށްޓަރެއް ނެތެވެ. އަދި އެއީ ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ކުރި ބޮޑު އިހާނެތެކެވެ."

ދެކުނު އެފްރިކާގެ ދަޢުވާ ބަލައިނުގަތުމަށް އިސްރާއިލުން މި ކޯޓަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލިއެވެ.

އިސްރާއީލުން މިހެން ބުނާއިރު އދ ގެ ޢާންމު ޖަމްޢިއްޔާއިންނާއި އިންސާނީ ޙައްޤުތަކާބެހޭ އޭޖެންސީންނާއި ޔުނިސެފުންނާއި ޔުނިސްކޯ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކޮށްފައެވެ. އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލައިފައެވެ. ސަލާމަތީ މަޖިލީހުގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް ނޭޅިގެން ދަނީ އެމެރިކާގެ ވީޓޯގެ ސަބަބުންނެވެ.

އިސްރާއީލުން ޣައްޒާއަށް އަޅަމުންދާ ބޮންތަކާއި ދެމުންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން 21،507 މީހުން ޝަހީދުވެ 55 ހާސް މީހުން ވަނީ ޒަޚަމުވެފައެވެ. ޣައްޒާގެ ޞިއްޙީ ޚިދްމަތް ތައް ވަނީ ނައްތައިލައިފައެވެ. ޣައްޒާ ޙިޞާރުކޮށް އެ ސަތަޙައްދަށް ކާއެއްޗެއްސާއި ގޭހާއި ތެލާއި އަނދަނަ ލިބުން ވަނީ މަނާކޮށްފައެވެ. ޣައްޒާގެ އަހްލުވެރީންގެ 2.4 މިލިއަން މީހުންގެ ތެރެއިން 85% މީހުން ވަނީ މަގުމަތިކޮށް ވިއްސިވިހާލުކޮށްލައިފައެވެ. މަދުރަސާތަކާއި ހަސްފަތާލުތަކާއި މިސްކިތްތައް ވަނީ ހަލާކުކޮށް ފުޑުފުޑުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *