ޙަމާސާ ގާތް މަޞްދަރުތަކުން ޤަޠަރުގެ އައްޝަރްޤު ދުވަހު ނޫހަށް ހާމަކުރިގޮތުގައި ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޔަޙްޔާ އައްސިންވާރު ކަށަވަރުކޮށްދެއްވާ ގޮތުގައި ވަގުތީގޮތުން ހަނގުރާމަ ހުއްޓައިލުމެއް ނޯންނާނެއެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޝާމިލުކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމެވެ.
ސިންވާރުގެ ދެވަނަ މެސެޖު ބުނާގޮތުގައި ޙަމާސްގެ ޢަސްކަރީ ފިޔަ ޤައްސާމު ފައުޖުންނާއި ފަލަސްޠީނުގެ މުޤާވިމާ ބާރުތަކުން ޙާޞިލްކޮށްފައިވާ ޢަސްކަރީ އަރުތަތަކަކީ އިސްރާއީލު ލަފާވެސް ނުކުރާހާ ބޮޑު ކާމިޔާބީއެކެވެ. އަޤްޞާ ފައުޖުގެ އަތުގައި ހަނގުރާމަ އެތައް މަހަކަށް ކުރިއަށް ގެންދިޔުމުގެ ޤާބިލްކަން އެބަ އޮތެވެ.
ސިންވާރު ހާމަކުރެއްވި ތިންވަނަ މެސެޖު ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ކުރެވޭ ހުރިހާ މަސައްކަތަކަށް ޙަމާސުން އޮތީ ހުޅުވިގެންނެވެ. މި ކަމަށް ޓަކައި މިޞްރާއި ޤަޠަރުން ކުރަމުންދާ މަސައްކަތްތަކަށް ޙަމާސް ތާއީދުކުރެއެވެ. ޙަމާސުން ގޮވައިލަނީ ހަނގުރާމަ ހުއްޓާށެވެ. އެއަށްފަހު ހުރިހާ އަސީރުން ބަދަލުކުރުމުގެ މަސައްކަތް ފެށުމަށެވެ. ދެން ޣައްޒާ އަލުން އާރާސްތުކުރުމާއި ތަޢުމީރުކުރުމެވެ.



advertisment