Support Us

ރަޝިޔާއިން ޔުކްރޭނުގެ މަރްޔިންކާ ސަހަރު ހިފައިފި

ޔުކްރޭނުގެ އިރުމަތީ ސަހަރެއް ކަމުގައިވާ މަރްޔިންކާ ރޫސީ ސިފައިން ހިފައި އެ ރަށް އެމީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފި ކަމަށް ރޫސީ ދިފާޢި ވަޒީރު ސަރްގީ ޝުއިގޯ މިއަދު ވިދާޅުވެއްޖެއެވެ.

މިއީ މި ހުސްވި މޭމަހު ރޫސީ ސިފައިން ޔުކްރޭންގެ ބަޚްމޫތު ސަހަރު ހިފި ފަހުން ޔުކްރޭނުގައި ރޫސީ ސިފައިން ޙާޞިލްކުރި އެންމެ ބޮޑު ކާމިޔާބީއެވެ. 

ވަޒީރު ޝުއިގޯ ރޫސީ ރައީސް ޕުޓިނަށް ރޭ ދެންނެވި ގޮތުގައި މި ސަހަރު މިހާރު އޮތީ ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ރައީސް ޕުޓިނާއި ވަޒީރު ޝުއިގޯގެ ބައްދަލުކުރެއްވުމުގެ ވީޑިއޯ ކްލިޕްތައް  މިއަދު ނޫސްވެރިންނާ ޙިއްސާކޮށްފައި ވެއެވެ. ރޫސީ ސިފައިން މި ހިފި ރަށަކީ ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ ޑޮނެޓްސްކް ސަރަޙައްދުގެ ވެރިރަށުގެ ހުޅަނގު ދެކުނުގައި އޮންނަ ރަށެކެވެ. 

ރައީސް ޝުވިގޯ މި ޚަބަރު ރައީސް ޕުޓިނަށް ދެންނެވުމުން ރައީސް ޕުޓިން އެކަމަށް މުބާރަކްބާދީ ވިދާޅުވިއެވެ. ރައީސް ޕުޓިން ވިދާޅުވިގޮތުގައި މި ކަމުގެ ސަބަބުން ރޫސީ ސިފައިންނަށް ހަނގުރާމައިގައި ޙަރަކާތްތެރިވުމުގެ މައިދާން ފުޅައުވެގެންދާނެއެވެ. މިއީ ބޮޑު ނަޞްރެކެވެ.

ރޫސީ ރައީސް ޕުޓިން ވިދާޅުވިގޮތުގައި މި ރަށް ހިފަން ކުރި ހަނގުރާމައިގައި ފާހަގަކޮށްލެވުނު ސިފައިންނަށް އޭނާ އިނާމުދެއްވާނެއެވެ .

އެހެނަސް ޔުކްރޭނުގެ ޢަސްކަރިއްޔާއިން ރަޝިޔާގެ މި ޚަބަރު ދޮގުކުރިއެވެ. ޔުކްރޭނަށް ހުޅަނގާއި އެމެރިކާއިން ދެމުންދާ އެހީ މަޑުޖެހިފައިވާ ދުވަސްވަރެއްގައި މި ކަހަލަ ނާކާމިޔާބެއް ލިބުމަކީ ކިޔީވަށް ހިތްދަތިކަން އިތުރުވެގެންދާނެ ކަމެކެވެ. ޔުކްރޭންގެ ޢަސްކަރީ ތަރްޖަމާނު އޮލެކްސަންޑަރ ޝުޓުޕުން ޤައުމީ ޓީވީގައި ވިދާޅުވިގޮތުގައި މިއީ މިފަދަ ވާހަކައެއް ދައްކަން ރަނގަޅު ވަގުތެއްނޫނެވެ. 

ޖަޒީރާ ފަދަ މީޑިއާތަކުން ވަނީ މި ޚަބަރު ދުރަށް ދައްކައި ފަތުރައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *