Support Us

ޤާއްސާމު ހަނގުރާމަވެރިން އިސްރާއީލާ ދެކޮޅަށް ބަރު ހަތިޔާރުން ހަނގުރާމަކޮށްފި

ޣައްޒާގެ ޖަބާލިޔާއަށް ވަތް އިސްރާއީލު ސިފައިންނާ ދެކޮޅަށް ޤައްސާމު ހަނގުރާމަވެރިން ރޭ ދަންވަރު ބަރު ހަތިޔާރުން ހަނގުރާމަކޮށްފި ކަމަށް އެ ޖަމާޢަތުގެ ޓެލެގްރާމް އޮޅީގައި ހާމަކޮށްފިއެވެ.

ޤައްސާމުގެ ބަޔާން ބުނާގޮތުގައި ހަނގުރާމަ ހިނގީ އުތުރު ޣައްޒާގެ ޖަބާލިޔާ ސަހަރާއި ޖަބާލިޔާ ފޭލިގެއަވަށާ ގުޅޭ ނާރެހުގައެވެ. ޤައްސާމުގެ ހަނގުރާމަވެރިން އިސްރާއީލު ސިފައިންނާ ކުރިމަތިލީ އަލްޔާސީން ބޮމާއި ޓީބީޖީ ބޮމުންނެވެ. ޤައްސާމުގެ ބަޔާން ބުނާގޮތުގައި ޤައްސާމުގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. 

މި ބަޔާނުގެ ކުރިން ޤައްސާމުގެ ތަރްޖަމާނު އަބޫ ޢުބައިދާ ހާމަކުރެއްވި ގޮތުގައި ދެކުނު އަދި އުތުރު ޣައްޒާގައި ޤައްސާމު ހަނގުރާމަވެރިން އިސްރާއީލު ސިފައިންނަށް ދިން ޙަމަލާއެއްގައި އިސްރާއީލުގެ ފަސް އަސީރުން މަރުވެފައިވާކަމަށް ލަފާކުރެވެއެވެ. 

ޤައްސާމުގެ ޓެލެގްރާމު ބުނާގޮތުގައި އެ ޖަމާޢާތުގެ ޢުންޞުރުތައް ޚާން ޔޫނުސްގައި އިސްރާއީލު ސިފައިންގެ ދެ މީހަކަށް އަމާޒުކޮށް ދިން ޙަމަލާގައި އެ ދެ މީހުން ވަނީ މަރައިލައިފައެވެ.

ޤައްސާމުގެ އެހެން ބަޔާނެއް ބުނާގޮތުގައި ޚާން ޔޫނުސްގައި އޮންނަ ޤައްސާމުގެ ބިންގަރާހަކަށް އިސްރާއީލުގެ ޔަހްލޫމު ޔުނިޓްގެ ފަސް ސިފައިން ވައްދައި އެ ތަން ގޮއްވައިލައި މި ފަސް ސިފައިން ވަނީ މަރައިލައިފައެވެ.

ޤައްސާމުގެ ތިންވަނަ ބަޔާން ބުނާގޮތުގައި ޣައްޒާގެ މެދުތެރޭގެ ޙަޖަރުއްދީކް ސަރަޙައްދުގައި ޤައްސާމު ސިފައިން ޖެހި ދަންތުރައެއްގައި އިސްރާއީލު ސިފައިންގެ ހަތަރު ޖީޕެއް ވަނީ ގޮއްވައިލައިފައެވެ.  ހަމަ އެ ހިސާބުގައި އިސްރާއީލު ސިފައިންގެ ޓެންކެއް ގޮއްވައިލެވުނު ކަމަށް ވެސް ޤައްސާމުން ބުންޏެވެ.މި ޓެންކަށް ޙަމަލާދެވުނީ އަލްޔާސީން 105 މަރުކާގެ ބޮމުންނެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނިރުބަވެރި ޙަމަލާތަކުގައި މިހާތަނަށް ވަނީ ފަލަސްޠީނުން 209 ހާސް 258 މީހުން ޝަހީދުވެ 53 ހާސް 688 މީހުން ޒަޚަމުވެފައެވެ. އިސްރާއީލުން ވަނީ ޣައްޒާއަށް ބޮންއަޅައި އެ ތާނގެ ހަސްފަތާލުތަކާއި މިސްކިތްތަކާއި ފައްޅިތަކާއި ބިނާރުތަކާއި ބޯހިޔާވަހިކަމުގެ ޓަވަރުތައް ފުނޑުނފުޑުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *