Support Us

ހަނގުރާމަ ހޫނުކޮށްފިނަމަ ތެޔޮވަޅުތަކެއް ގޭސް ވަޅުތަކެއް ނުހުންނާނެ

ޔަމަނުގެ އަންޞާރު ﷲ ޙަރަކާތް މި ވަގުތު އޮތީ އިސްރާއިލާ ދެކޮޅަށް ހަނގުރާމައިގެ ޙާލަތުގައި ކަމަށް މި ޙަރަކާތުގެ ސިޔާސީ އޮފީހުގެ މެންބަރު މުޙައްމަދުލް ބުޚައިތީ ކަށަވަރުކޮށްދެއްވައިފިއެވެ.

އޭނާ ވިދާޅުވިގޮތުގައި މި ޙަރަކާތުން ޙަމަލާދޭނީ އިސްރާއީލާ ގުޅިފައިވާ އުޅަދުތަކަށެވެ. ބުޚައިތީ ވިދާޅުވިގޮތުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނާ ދެކޮޅަށް ހަނގުރާމައެއް ފަށާނީ އެ ޤައުމުތަކުން ޔަމަނަށް ޙަމަލާއެއް ދީފިނަމައެވެ. އެހެނަސް އިސްރާއީލަށް ބަލާއިރު "އަހުރެމެން މި ތިބީ ހަނގުރާމައިގައެވެ. އަހުރެމެން އިސްރާއީލުގެ ތެރެއަށް ވެސް ޙަމަލާދޭނަމެވެ. އަދި ރަތްކަނޑާއި އަރަބި ކަނޑުގައި ދަތުރުކުރާ އިސްރާއީލާ ގުޅިފައިވާ އުޅަނދުފަހަރަށް ވެސް ޙަމަލާދޭނަމެވެ." 

ބުޚައިތީ ވިދާޅުވިއެވެ. "ހަނގުރާމަ ހިނގަމުންދަނީ ހަމައެކަނި ފަލަސްޠިނު ބިމުގެ އެތެރޭގައެއް ނޫނެވެ. ފަލަސްޠީނުގެ ވަށައިގެންވާ ސަރަޙައްދުތަކުގެ އެތެރެއަކު ވެސް ނޫނެވެ. ރަތްކަނޑާއި ޢަރަބިކަނޑުގައި ވެސް ހަނގުރާމަ އެބަ ހިނގައެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެންނާ ޢުދްވާނީ ޤައުމުތަކާ ދެމެދުގައި އަދިވެސް ހަނގުރާމަ އެބަ ހިނގައެވެ. ހަނގުރާމަ މުޅިން ހުއްޓައިލުމާ ބެހޭގޮތުން އަދި އެއްވެސް އެއްބަސްވުމެއް ނެތެވެ."

ބުޚައިތީ ވިދާޅުވިއެވެ. "އަހުރެމެންނާ ފަލަސްޠީނާ ދެމެދުގައިވާ ޖޯގުރަފީ ހުރަހުގެ ސަބަބުން ޣައްޒާއަށް ދިޔުމަށް ހުރަސްއެޅިފައިވާތީ އަހުރެމެން އެ ހަނގުރާމަ ޢަރަބިކަނޑަށާއި ރަތްކަނޑަށް ބަދަލުކުރީއެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އިސްރާއީލުން ޢުދްވާނު ހުއްޓައިނުލައިފިނަމަ އަދި ޣައްޒާ ޙިޞާރު ނައްތައިނުލައިފިނަމަ އިތުރު އެތައް ޚިޔާރުތަކެއް އެބަ ހުއްޓެވެ. މުނާސަބު ވަގުތު ޖެހުމުން މުނާސަބު ފިޔަވަޅު އަޅާނަމެވެ." 

ބުޚައިތީ ވިދާޅުވިގޮތުގައި އެ ޙަރަކާތުން އަމާޒުކުރަނީ ހަމައެކަނި އިސްރާއީލުގެ ނުވަތަ އިސްރާއީލަށް މުދާ ހިފައިގެންދާ އުޅަނދުތަކަށެވެ. އަހުރެމެން އެއިން ބޯޓެއް ނުހިފަހައްޓާނަމެވެ. އަދި ފައްތައެއް ވެސް ނުލާނަމެވެ. އަހަރެމެން މަސައްކަތް ކުރާނީ މި ބޯޓުފަހަރުގެ މިސްރާބު ބަދަލުކުރުމަށެވެ. އެކަމުގެ ސަބަބުން އިސްރާއީލަށް މާލީ ބުރައެއް ޖެއްސުމަށް ޓަކައެވެ. އޭނާ ވިދާޅުވިގޮތުގައި "މިހާރު ބޯޓުތައް މިސްރާބު ބަދަލުކުރަމުންދަނީ އެމެރިކާއިން ބުނެގެންނެވެ. އެހެންކަމުން މި ކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެމެރިކާއަށެވެ. ޔަމަނަކަށް ނޫނެވެ." 

އޭނާ ވިދާޅުވިގޮތުގައި "އެމެރިކާއާ ގުޅިގެން ސުޢޫދިޔާއާއި އިމާރާތުން މަސައްކަތް ނުކުރާނަމަ މަސްރަޙު ހޫނުވެގެން ނުދާނެއެވެ. އެހެނަސް އެ ދެ ޤައުމު އެމެރިކާއާއި އިނގިރޭސިވިލާތާ ބައިވެރިވެ އަހަރެމެންނަށް ޙަމަލާދޭން ފަށައިފިނަމަ ތެލުގެ ޙައްޤެއް އަދި ގޭހުގެ ޙައްޤެއް ނޯންނާނެއެވެ. މި ސަރަޙައްދުގައި ދަތުރުކުރާ ތެޔޮ ބޯޓުފަހަރަށާއި ގޭސް އުޅަނދުތަކަށް ޙަމަލާދޭން ފަށާނަމެވެ." 

ބުޚައިތީ ވިދާޅުވިއެވެ. "އެންމެ ރަނގަޅު ގޮތަކީ ޣައްޒާ ޙިޞާރު އުވާލައި ސިޔާސީ ޙައްލެއް ގެނައުމަށް މަސައްކަތް ފެށުމެވެ. ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތަށް އެންމެ މަޞްލަޙަތު އޮތީ އެއްވެސް ހަނގުރާމައެއްގައި ބައިވެރިނުވުމެވެ. އޭރުން އެމީހުންގެ ތެލުގެ މުއްސަނދިކަން ރައްކައުތޔެރިކުރެވޭނެއެވެ."  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *