Support Us

އިސްރާއީލުގެ ގޯލާނީ ފައުޖު ޣައްޒާއިން ބާލައިފި

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ އިސްރާއީލުގެ އެންމެ މުހިއްމު ޢަސްކަރީ ފައުޖު ގޯލާނީ ފައުޖު ޣައްޒާއިން ބާލައިފި އެވެ.

އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި އެ ފައުޖު ބާލަން ޖެހުނީ އެ ފައުޖުގެ ކަންތައްތައް އަލުން އިންތިޒާމުކޮށް ތަރްތީބުކުރަން ވެގެންނެވެ.

ގޯލާނީ ފައުޖަކީ އަށް ބްރިގޭޑް ހިމެނޭ ޒަމާންވީ ފައުޖެކެވެ. މި އަށް ބަރިގޭޑްގެ ތެރޭގައި ޓޭންކުގެ ހަތަރު ބްރިގޭޑާއި ވައި ކުޑައިގެ ބްރިގޭޑަކާއި ފައިމަގު ސިފައިންގެ ދެ ބްރިޣޭޑާއި މަދަދު ފޯރުކޮށްދިނުމާއި މަރާމާތާ ބެގޭ ބްރިގޭޑެއް ވެއެވެ.

ޢަސްކަރީ އުޞޫލުތައް ބުނާގޮތުގައި ހަނގުރާމަކުރަމުންދާ ފައުޖެއް މައިދާނުން ބޭލުމުގެ މާނައަކީ އެ ފައުޖުގެ ހަނގުރާމަކުރުމުގެ އިންސާނީ ޤާބިލުކަމާއި ހަތިޔާރުގެ ޤާބިލުކަމުގެ 40% ހަލާކުވެގެން ދިޔުމެވެ.

ގޯލާނީ ފައުޖު ޣައްޒާއިން ބޭލުމުން އެނގެނީ ޙަމާސުން ބުނަމުންދާ ފަދައިން ޢިސްރާއީލު ސިފައިންނަށް ޣައްޒާ ހަނގުރާމއިގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ވާހަކައަކީ ތެދުކަމެވެ.

އިސްރާއީލުގެ ދާރިސަކު ބުނާގޮތުގައި އެއްގަމު ހަނގުރާމައަށް 53 ދުވަސް ފުރުނުތަނާ މި ފައުޖު ހަނގުރާމައިގެ މައިދާނުން ފޭބިފޭބުމުން އެނގެނީ ޣައްޒާގެ އެއްގަމު ހަނގުރާމައިގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމެވެ.

ގޯލާން ފައުޖަކީ އިސްރާއީލު އުފެދެއްމުގެ ތިން މަސްކުރިން ޞިހްޔޫނީން އުފައްދައިފައިވާ ނިރުބަވެރި ޖަމާޢަތެކެވެ. އަދި 1948ގެ ހަނގުރާމައިގައްޔާއި 1956 ގެ ހަނގުރާމައިގައްޔާއި 1967ގެ ހަނގުރާމައާއި 1973ގެ ހަނގުރާމައިގައި މި ފައުޖު ބައިވެރިވެފައިވެއެވެ. މި ފައުޖަށް މި ނަން ދިނީ ގޯލާންގެ ސަރަޙައްދުގެ ޖަލީލު މި ނަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *