Support Us

އިސްރާއީލުގެ ދިދަ ހުންނަ އުޅަނދުތައް މެލޭޝިޔާގައި ބަނދަރުކުރުން މަނާކޮށްފި

އިސްރާއީލުގެ ޒީމު ކުންފުނީގެ އުޅަނދުތައް މެލޭޝިޔާގައި ބަނދަރުކުރުން ވަގުތުން މަނާކުރުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު އަމުރުކުރައްވައިފިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެކަން މަނާކުރެއްވީ އިންސާނިއްޔަތުކަމާބެހޭ އަސާސީ އުޞޫލުތަކާއި ބަސއިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޢަމަލުކުރަމުންދާތީއެވެ. އޭނާ މި އިޝާރާތް ކުރައްވަނީ ޣައްޒާގައި އިސްރާއީލުން ކުރަމުންދާ އަނިޔާވެރި ނިރުބަވެރި ހަނގުރާމައަށެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު ހާމަކުރެއްވިގޮތުގައި އިސްރާއީލަށް މުދާ ހިފައިގެންދާ ބޯޓުތައް ވެސް މެލޭޝިޔާގެ އެއްވެސް ބަނދަރެއްގައި މަޑުކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ފިޔަވަޅުގެ ސަބަބުން މެލޭޝިޔާގެ ވިޔަފާރިއަށް އެއްވެސް ނައްސި އަސަރެއް ނުކުރާނެއެވެ. އިސްރާއީލުގެ ޒީމު ކުންފުންޏަށް އެތާނގެ ބޯޓުތައް މެލޭޝިޔާގައި ބަނދަރުކުރުމުގެ ހުއްދަ ދީފައި ވަނީ 2002ވަނަ އަހަރުގައެވެ. 

މެލޭޝިޔާއަކީ އިސްރާއީލާއެކު ސިޔާސީގުޅުން އޮންނަ ޤައުމެއް ނޫނެވެ.

މި ހުސްވި މަހުގެ 19ން ފެށިގެން ޔަމަނުގެ ޙޫސީ އަންޞަރުﷲ ޖަމާޢަތުން ދަނީ ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅިތެރެއިން ދަތުރުކުރާ އިސްރާއީލުގެ ބޯޓޫފަހަރާއި އިސްރާއީލަށް މުދާހިފައިންދާ އުޅަނދުތައް ހިފަހައްޓަން ފަށައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް