Support Us

ފަލަސްޠީނުގެ ކުރިމަގު ކަނޑައެޅުމުގެ ޙައްޤު ދިނުމަށް ފާސްކޮށްފި  

ފަލަސްޠިނު މީހުންނަށް ކުރިމަގު ކަނޑައެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް އދ ގެ ޢާންމު ޖަމްޢިއްޔާއިން ރޭ ގޮވާލައި ޤަރާރެއް ފާސްކޮށްފިއެވެ. މި ޤަރާރަށް 172 މެންބަރު ގައުމުން ތާއީދުކުރިއެވެ. މި ޤަރާރާ ދެކޮޅަށް ވޯޓުދިން ހަތަރު ގައުމަކީ އެމެރިކާއާއި އިސްރާއީލާއި މައިކްރޮނޭޝިޔާއާއި ނައުރޫ އެވެ. މި ޤަރާރާމެދު އެއްވެސް އެއްޗެއް ނުބުނެ 10 ގައުމު ހަނު އޮތެވެ.

މި ޤަރާރު ބުނާގޮތުގައި ފަލަސްޠީނު މީހުންނަށް މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤުވެސް ލިބިގެން ވެއެވެ. މި ޤަރާރު ހުރިހާ ދައުލަތްތަކަކަށާއި އދގެ އޭޖެންސީތަކަށާއި މުއައްސަސާތަކަށް ފަލަސްޠީނު ރައްޔިތުންނަށް ލިބެން ޖެހޭ ޙައްޤުތައް ހޯދައިދިނުމަށް ޓަކައި އެހީވުމަށާއި ވާގިވެރިވުމަށް ގޮވައިލައިފާ ވެއެވެ.

އިސްރާއީލުން 1967 ގައި ހިފައިފައިވާ ފަލަސްޠީނުގެ ބިމުން އަވަހަށް ފޭބުމަށް ވެސް މި ޤަރާރު އިސްރާއީލަށް ގޮވައިލިއެވެ. އދގެ ޤަރާރުތަކާއި މެޑްރިޑް އިސްނެގުމާއި ސުލްޙަޔަށް ޓަކައި ޢަރަބިން ހުށައަޅައިފައިވާ އިސްނެގުމާ އެއްގޮތަށް ފަލަސްޠީނު އިސްރާއީލު މަސްއަލައަށް ދާއިމީ ޞުލްޙަވެރި ޙައްލެއް ގެނައުމަށް ވެސް މި ޤަރާރު ގޮވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *