Support Us

ހަފުތާއަކަށް ހަނގުރާމަ ހުއްޓައިލުމުން 40 އަސީރުން ދޫކޮށްލަން ޖެހޭނެ: އިސްރާއީލް

ޙަމާސުން ހިފަހައްޓައިފައިވާ އަސީރުންގެ ތެރެއިން 40 މީހަކު ދޫކޮށްލައިފިނަމަ ހަފުތާއެއްހާ ދުވަހަށް ހަނގުރާމަ ހުއްޓައިލެވިދާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ. އެމެރިކާގެ އެކްސިއޮސް ނެޓް ޞަފްޙާ ބުނާގޮތުގައި އިސްރާއީލުން ވަނީ ޤަޠަރު މެދުވެރިކޮށް މި ޑީލް ޙަމާސަށް ހުށައަޅައިފައެވެ.

އިސްރާއީލުގެ ވައްލާ ނެޓް ޞަފްޙާ ބުނާގޮތުގައި އަސީރުންގެ ތެރެއިން 40 މީހުން ދޫކޮށްލައިފިނަމަ ހަފުތާއެއްގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލެވިދާނެކަމަށް މިހާރު ވާނީ ޤަޠަރު މެދުވެރިކޮށް ޙަމާސަށް އަންގައިފައެވެ.

އިސްރާއީލުގެ މަސްއޫލުވެރިންނާ ޙަވާލާދީ މި ނެޓް ބުނާގޮތުގައި މިއީ މި ދިޔަ މަހުގެ އެއްބަސްވުން އުވިގެންދިޔަފަހުން އިސްރާއީލުން ހުށައެޅި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.އެ އެއްބަސްވުމުގެ ދަށުން ވަނީ ހަފުތާއަކަށް ހަނގުރާމަ ހުއްޓިފައެވެ. އަދި ސަތޭކައެއްހާ އަސީރުން މިނިވަންކުރެވިފައެވެ.

އެހެނަސް ޙަމާސް ބުނާގޮތުގައި އަސީރުން ބަދަލުކުރުމާބެހޭގޮތުން އިސްރާއީލާއެކު ވާހަކަދައްކަން ފެށޭނީ ހަނގުރާމަ ދާއިމީ ސިފައެއްގައި ހުއްޓައިލުމުންނެވެ.

އިސްރާއީލުން ހުށައަޅަނީ ޙަމާސުން ހިފަހައްޓައިފައިތިބި 60 އަހަރުން މަތީގެ ފިރިހެނުންނާއި ބަލި މީހުންނާއި ޒަޚަމުވެފައިވާ މީހުން ދޫކޮށްލުމަށެވެ. އިސްރާއީލު ބުނާގޮތުގައި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ކުށްވެރިންގެ ބަޔަކު އިސްރާއީލުން ދޫކޮށްލާނެތެވެ.

މިޞްރުން ޚަބަރުދޭ ގޮތުގައި ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ މި ކަމާބެހޭގޮތުން މިޞްރުގެ ޖާސުސީ އިދާރާގެ ވެރިޔައާ ބައްދަލުކުރެއްވުމަށް ވަރަށް އަވަހަށް މޤާހިރާއަށްވވަޑައިގަންނަވާނެއެވެ.

އަނެއްކޮޅުން ބަލާއިރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށޑައިފައިވާ ހަނގުރާމައަށް އިއްޔެ 75 ދުވަސް ހަމަވެއްޖެއެވެ. ޣައްޒާގެ ތަފާތު ސަރަޙައްދުތަކަށް އިއްޔެއާއި ރޭ ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ ޒަޚަމުވެފައެވެ. އިއްޔެ ފަލަސްޠީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ އިސް އޮފިސަރަކު މަރުވެފައިވާކަމަށް އިސްރާއިލުން ވަނީ ބުނެފައެވެ. އިސްރާއީލުން ފަށައިފައިވާ ހަނގުރާމައިގައި މިހާތަނަށް ވަނީ އިސްރާއީލު ސިފައިންގެ 465 މީހުން ވަނީ މަރުވެފައެވެ. އިސްރާއީލު ބުނާގޮތުގައި އެމީހުން ދަނީ މި ހަނގުރާމައިގައި "ވަރަށް ބޮޑު އަގެއް" ދައްކަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *