Support Us

11 ހާސް މީޓަރު ފުނުގައި ކަނޑުގެ ތަޅުންގަނޑު ކޮނުމުގެ ޤާބިލުކަން ހުރި އުޅަނދެއް އީޖާދުކޮށްފި

ކަނޑު އަޑީގައި 11 ކީލޯމީޓަރު ފުނުގައި ތަޅުންގަނޑު ކޮނެ ތެޔޮފަދަ އެއްޗެހި ހުރިތޯ ބަލައި ދިރާސާކުރުމުގެ ޤަބިލުކަން ހުރި ބޯޓެއް ޗައިނާއިން އީޖާދުކޮށްފިއެވެ.

މި ބޯޓުގެ އަޖުމަބެލުމުގެ ތަޖްރިބާތައް މި އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް ޗައިނާއިން ބުންޏެވެ. މި ބޯޓުގެ ސަބަބުން ކަނޑުއަޑިން ތެޔޮ ނެގުމާއި ގޭސް ހޯދުމާއި ނާދިރު މަޢުދަންތައް ކޮނެ ނެގުމުގައި ޗައިނާއަށް ވަރަށް ބުރަ މަސައްކަތްތައް ކުރެވޭނެއެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީތައް (ޝިންޚުވާއާއި ސީސީޓީވީ) ބުނާގޮތުގައި މި ބޯޓުގެ ނަމަކީ މިންގްޝިޔަންގް (މާނައަކީ ހުވަފެން) އެވެ.މި އުޅަނދަށް ބަނދަރަށް އަނބުރާ ނައިސް ކަނޑުމަތީގައި 120 ދުވަހު 28 ހާސް ކީލޯމީޓަރު ދުރަށް ދަތުރުކުރެވޭނެއެވެ. ޗައިނާއިން ހާމަކޮށްފައިވާ ގޮތުގައި މި ބޯޓަށް ދުނިޔޭގެ ކޮންމެ ކަނޑެއްގައި ވެސް ދަތުރުކުރެވޭނެއެވެ. 

މި ބޯޓު ބަނދެފައިވަނީ ޗައިނާގެ ޠަބީޢީ މުއްސަނދިކަމާބެހޭ ވުޒާރާގެ ޖިޔޮލޮޖީ އިދާރާއާއި ތަފާތު 150 ފަރާތަކާއެކު އެއްބާރުލައިގެންނެވެ. މި ބޯޓަށް 33 ހާސް ޓަނުގެ ބަރުދަން އުފުލޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *