Support Us

އީރާނުގެ އަނދަނައާ ބެހޭ ތަންތަނަށް އިސްރާއީލުން ޙަމަލާއެއް ދީފި

އީރާނުގެ އަނދަނައާ ބެހޭ އެތައް އިސްޓޭޝަނެއްގެ ޚިދްމަތް މިއަދު ވަރަށް ކުއްލި ގޮތަކަށް މެދުކެނޑިއްޖެކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީއިން ބުނެފިއެވެ.

އިރްނާއިން ބުނިގޮތުގައި އީރާނުގެ އަނދަނަޔާ ބެހޭ ބައެއް ތަންތަނާއި މަރްކަޒުތަކުގެ ޚިދްމަތް ވަރަށް ކުއްލި ގޮތަކަށް ހުއްޓިއްޖެއެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި އީރާނުގެ ތެލާއި ބެހޭ ޤައުމީ ކުންފުނިން މި މަސްއަލަ ބަލައި އެކަމާ ބެހޭ ބަޔާނެއް ނެރޭނެއެވެ.

އީރާނުގެ ތެލާބެހޭ ވަޒީރުގެ ނައިބު ޖަލީލު ސަލާރީ ހާމަކުރެއްވިގޮތުގައި "އީރާނުގެ އަނދަނައިގެ އިސްޓޭޝަންތައް ޚިދްމަތަށް އިޢާދަކުރުމަށް ޓަކައި ހައެއްކަ އަށެއްކަ ގަޑިއިރު ހޭދަވާނެއެވެ."

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިއަދު މި މަސްއަލަ ޙައްލު ކުރެވޭނެއެވެ.

އަނެއްކޮޅުން އިސްރާއިލު ސިފައިންގެ ރޭޑިއޯބުނާގޮތުގައި އިރާނުގެ އަނދަނައިގެ ނިޒާމަށް އިސްރާއީލުގެ ސައިބާރާނީ ޖަމާޢަތަކުން މިއަދު ވަރަށް ވަރުގަދަ ޙަމަލާއެއް ދީފިއެވެ. އިސްރާއީލުގެ ވައިންޓް ނެޓް ބުނާގޮތުގައި މި ޙަމަލާދިނީ "މިނިކާ ގުރާ" ނަމަކަށް ކިޔާ ސައިބަރާނީ ޖަމާޢާތަކުންނެވެ. މި ޙަމަލާގެ ސަބަބުން އީރާނުގެ އަނދަނަ އިސްޓޭޝަންތައް މިހާރު ވަނީ ހުއްޓިފައެވެ.

އީރާނުގެ ރަސްމީ ޓީވީ ބުނާގޮތުގައި އިލެކްޓްރޯނިކް ޙަމަލާއެއްގެ ސަބަބުން ޤައުމުގެ އަނދަނަ އިސްޓޭޝަންތަކުގެ 70 % ވަނީ ޚިދްމަތް ކެނޑިފައެވެ. އީރާނު ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާގެ ސަބަބުން އަނދަނަ މަރްކަޒުތަކުގެ ޕްރޮގްރާމު ކުރުމުގެ ނިޒާމުތަކަށް ވަނީ އޮޅުންބޮޅުން އަރައިފައެވެ.

އިސްރާއީލުން ވަނީ "މިނިކާ ގުރާ" ޖަމާޢަތުން މި ޙަމަލާދިންކަމަށް ބުނެފައެވެ. 2021 ގެ ފަހުކޮޅުގައި މި ޖަމާޢަތުން ދިން ސައިބަރާނީ ޙަމަލާގެ ސަބަބުން އީރާނުގެ ބެންޒީން ޚިދްމަތް ހުއްޓި ތެޔޮ ވިއްކާ އިސްޓޭޝަންތަކުގައި އުޅަނދުތައް ތޮއްޖެހި ވާހަނަ ޙަރަކާތަށް ބުރޫއެރިއެވެ.

އީރާނަކީ ވެސް އިސްރާއީލަށް ސައިބަރާނީ ޙަމަލާތައް ދެމުންދާ ޤައުމެކެވެ. މި ހުސްވި މަހު އުތުރު އިސްރާއީލުގެ ޞަފަދުގައި ހުންނަ "ޒައިފު" މެޑިކަލް ސެންޓަރަށް ދިން ޙަމަލާގެ ސަބަބުން އިސްރާއީލުގެ ޞިއްޙީ ޚިދްމަތްތަކަށް ވަނީ ބުރޫއަރައިފައެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި މި ޙަމަލާގައި އިސްރާއީލުގެ ވަރަށް ޙައްސާސް މަޢުލޫމާތުތަކެއް އީރާނުން ވަނީ ވަގަށް ނަގައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *