ޙަމާސާއެކު އަސީރުން ބަދަލުކުރުމުގެ މަސައްކަތް ޤަޠަރާއި މިޞްރު މެދުވެރިކޮށް ކުރިއަށް ގެންދިޔުމުގެ ފެހިއަލި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާއަށް އިސްރާއީލުގެ ޒަޢާމަތުން ދީފިކަމަށް އިސްރާއީލުގެ ޗެނެލް 12 ން ބުނެފިއެވެ.
މިޞްރުގެ ދެ މަޞްދަރަކުން ބުނާގޮތުގައި އިސްރާއީލާއި ޙަމާސް ވެސް އޮތީ އަސީރުން ބަދަލުކުރުމުގެ މަސްއަލައިގައި ހުޅުވިގެންނެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާގެ ރައީސަށް ފެހިއަލި ދިނި އިސްރާއީލުގެ ހަނގުރާމަމަތީ މަޖިލީހުގެ ޚައްޞަ ބައްދަލުވުމަކަށް ފަހުގައެވެ. އިސްރާއީލު ސަރުކާރަށް އަސީރުން ބަދަލުކުރުމާއިގެން ކުރިއަށް ދާން މަޖްބޫރުވީ އިސްރާއީލު ސިފައިން ޣައްޒާގެ ޝުޖާޢިއްޔާ އަވަށުގައި އިސްރާއީލުގެ ޢަސްކަރީ ތިން އަސީރަކު މަރައިލުމާ ވިދިގެން އަސީރުންގެ ޢާއިލާތަކުން މުޒާހަރާ ކުރުމުންނެވެ. މި ޢާއިލާތައް ސަރުކާރަށް އިންޒާރުކުރާ ގޮތުގައި އެކަމަށް ޓަކައި ސަރުކާރުން ވަގުތުން ފިޔަވަޅު ނާޅައިފިނަމަ ދިފާޢި ވުޒާރާގެ ކުރިމަތީގައި ނުކިޔަމަންތެރިކަމުގެ އިށީނުމެއް އެމީހުން ފަށާނެއެވެ. އިސްރާއީލުގެ ޢާއިލާތަކުން ހޯމަވިލޭރޭ އިސްރާއީލުގެ ދިފާޢީ ވުޒާރާގެ ކުރިމަތީގައި އިހްތިޖާޖުގެ ހިނގައިލުމެއް ބޭއްވިއެވެ، މި ހިނގައިލުމުގެ ސަބަބުން 241ވަނަ މަގުގެ ވާހަނަ އިރުކޮޅަކަށް ހުއްޓިގެން ދިޔައެވެ.
އިސްރާއީލު ބުނާގޮތުގައި ޙަމާސުން އިސްރާއީލުގެ 139 މީހަކު އަސީރުކޮށްފައި ވެއެވެ. އޭގެތެރޭގައި ސިފައިންނާއި ފުލުހުންނާއި ޖާސޫސީ އިދަރާގެ އޭޖެންޓުންނާއި ޢާންމުން ހިމެނެއެވެ.



advertisment