Support Us

ޙޫސީން އިސްރާއީލުގެ އީލާތު ބަނދަރު ތަޅުލައިފި

އިސްރާއީލުގެ އީލާތު ބަނދަރަށް ދަތުރުކުރާ ބޯޓުތަކުގެ ދަތުރުތައް މުޅިން ކަހަލަ ގޮތަކަށް ހުއްޓިއްޖެ ކަމަށް އެމެރިކާ  އެކްސިއޮސްއިން ބުނެފިއެވެ.

އެއީ ރަތްކަނޑުން އީލާތަށް ދަތުރުކުރާ ބޯޓުފަހަރަށް ޔަމަނުގެ ހޫސީން ޙަމަލާތައް ދެމުން ބިރުގަންނަވަމުންދާތީއެވެ. އެކްސިއޮސް އާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ދެ މަސްއޫލުވެރިއަކު ހާމަކުރެއްވިގޮތުގައި ރައީސް ބައިޑެން އެތައް ޗެނެލްތަކެއް މެދުވެރިކުރައްވައި ހޫސީންނަށް ދަނީ އިންޒާރު ދެއްވަމުންނެވެ. ރަތްކަނޑުގައި އިސްރާއީލަށް މުދާ ހިފައިގެންދާ އުޅަނދުތަކަށް ޙޫސީން ހަމަލާދެމުންދާނަމަ އެމެރިކާއިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވޯޝިންގްޓަނުން ވަނީ ދީފައެވެ. 

އެމެރިކާއިން ޔަމަނަށް ކަނޑައަޅައިފައި ހުންނަވާ މަންދޫބު ޓިމް ލިންޑަރ ކިންގް ހާމަކުރެއްވިގޮތުގައި ޢުމާނާއި ޤަޠަރުގެ ޑިޕްލޮމެޓުން މެދުވެރިކުރައްވައި ޙޫސީންނަށް ވަނީ އިންޒާރުގެ މެސެޖްތަކެއް ފޮނުވައިފައެވެ. މި އިންޒާރު ޙޫސީންނަށް ފޮނުއްވީ ކިންގް އެ ސަރަޙައްދަށް ކުރެއްވި ދަތރުފުޅުގެ ތެރޭގައެވެ. 

އިސްރާއީލާއި އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ޙޫސީން މަތަކުރުމަށް ޓަކައި ގިނަ ޤައުމުތަކެއް ބައިވެރިކޮށްގެން ކަނޑުގެ ޚާއްޞަ ބާރެއް އުފެއްދުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. 

 ޙޫސީންގެ ޙަމަލާތަކާމެދު  އިސްރާއީލު ވަރަށް ކަންބޮޑުވެއެވެ. އިސްރާއީލުގެ ބައެއް މަސްއޫލުވެރިން ބުނާގޮތުގައި ހޫސީންނާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް އަޅަން ޖެހިއްޖެއެވެ.

އެކްސިއޮސް ބުނާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަޖިލީހުން ޙޫސީންނާ ދެކޮޅަށް ޢަސްކަރީ ޙަމަލާއެއް ނުދިނުމަށް ވަނީ ނިންމައިފައެވެ. އެއީ ޣައްޒާ ހަނގުރާމައަށް އިސްރާއީލު ސިފައިން ދީފައިވާ ސަމާލުކަން ކުޑަވެދާނެތީއެވެ. އަދި މީގެއިތުރަށް ޙޫސީންގެ ސަބަބުން ހަނގުރާމައިގެ ދާއިރާ ފުޅައުވެގެން ހިނގައިދާނެތީއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަތަންޔާހޫއާއި ހަނގުރާމަމަތީ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވާ ޙޫސީންގެ ޙަމަލާތަކާމެދު މަޝްވަރާކުރެއްވިއެވެ. އޭނާ އިސްރާއީލަށް ކަށަވަރުކޮށްދެއްވިގޮތުގައި ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުތަކުގެ ރައްކައުތެރިކަން އެމެރިކާއިން ޖާމިނުކޮށްދޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *