Support Us

މަސްއޫލިއްޔަތު އެޅިފައި އޮތީ އެމެރިކާގެ ކޮނޑުގައި: އުރްދުޣާން

ޣައްޒާ ހަނގުރާމަ ހުއްޓުވޭނީ އެމެރިކާއަށް ކަމަށާއި ޣައްޒާ ރައްޔިތުންގެ އިންސާނީ މުޞީބާތްތައް "ފުދިއްޖެ" ކަމަށް ބުނަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި މި ތާރީޚި މަސްއޫލިއްޔަތު އެޅިފައިވަނީ އެމެރިކާގެ ކޮނޑުގައި ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެމެރިކާގެ ރައީސް ބައިޑެނާ ފޯނުން ގުޅުއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ. 

ތުރްކީގެ ރިޔާސަތުން ހާމަކުރި ގޮތުގައި އެމެރިކާއިން އިސްރާއީލަށް އެއްވެސް ޝަރްޠަކާނުލައި ދެމުންދާ އެހީތައް ހުއްޓައިލަން ވެއްޖެއެވެ. މި އެހީތައް ހުއްޓައިލައިގެން މެނުވީ ޣައްޒާ ހަނގުރާމަ ހުއްޓުމަށް ޖާމިނުވުމެއް ނެތް ކަމަށް އުރްދުޣާން ރައީސް ބައިޑެނަށް ދެންނެވިއެވެ.

އުރްދުޣާން ރައީސް ބައިޑެނަށް ދެންނެވިއެވެ. "ސަރަޙައްދުގައި ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓައިފައި ބޭއްވުމަކީ އެމެރިކާގެ ކޮނޑުގައި އެޅިފައިވާ ތާރީޚީ މަސްއޫލިއްޔަތެކެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ވަރުގަދަކޮށް ދިގުދެންމުމަކީ ސަރަޙައްދަށާއި ދުނިޔެއަށް އޭގެ އަސަރުތައް ވަރަށް ނައްސިވެގެންދާނެ ކަމެކެވެ."  

އޭނާ ވިދާޅުވި ގޮތުގައި މަންޠިޤީ ޙައްލަކީ ތުރްކީން ހުށައަޅައިފައިވާ ފަދަ ޖާމިނުކޮށްދޭނެ އާލިއްޔަތެއް ޤާއިމުކުރުމާއި އެ ދައުލަތުގެ ވެރިރަށް ކަމުގައި ޤުދުސް ވާގޮތަށް މިނިވަން ސިޔާދަތީ ފަލަސްޠީން ދައުލަތް ޤާޢިމުކުރުމާއި 1967ގެ އިމާ ހަމައަށް އިސްރާއީލު ފަހަތަށް ޖެހުމެވެ. 

ތުރްކީގެ ރިޔާސަތުން ނެރުނު ބަޔާން ބުނާގޮތުގައި ދެ ރައީސުން ސްވިޑްން ނޭޓޯއަށް ވެއްދުމުގެ މަސްއަލައާ ބެހޭގޮތުންނާއި އެމެރިކާ އެފް–16ގެ ހަނގުރާމަމަތީ މަތިންދާބޯޓު ތުރްކީއަށް ވިއްކުމުގެ މަސްއަލައާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *