Support Us

ޣައްޒާގައި ޝަހީދުންގެ ޢަދަދު 19 ހާހަށް އަރަނީ

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނީ ހަނގުރާމައިގެ ސަބަބުން މިއަދާ ހަމައަށް 18 ހާސް 608 މީހުން ޝަހީދުވެއްޖެ ކަމަށާއި 50 ހާސް 594 މީހުން ޒަޚަމުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

މި ޢުދްވާނާ ވިދިގެން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީ އަންރުވާ ބުނާގޮތުގައި އެ އޭޖެންސީން ޣައްޒާގައި ދެމުންގެންދާ ޚިދްމަތްތައް މިހާރުވަނީ މުޅިން ހުއްޓިފައެވެ.

އަންރުވާގެ ޑިރެކްޓަރު ޖެނެރަލް ފިލިޕް ލަޒާރީނީ ވިދާޅުވާގޮތުގައި ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ ވީދި ކުދިކުދިވެފައެވެ.އެ ޢޭޖެންސީގެ މުވައްޒަފުންގެ ތެރެއިން 130 މުވައްޒަފުން ވަނީ  މަރުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އަންރުވާއަށް އިންސާނީ ޚިދްމަތްތައް ފޯރުކޮށްދެވޭނީ އަންރުވާގެ ޤާބިލްކަން އޮތް މިންވަރަކުންނެވެ. މި ޤާބިލުކަން މިހާރުވަނީ މުޅިން ހަލާކުވެފައެވެ.

އައު ޤަތުލުޢާންމުތައް

ޣައްޒާގެ ޞިއްޙީ ދާއިރާގެ ތަރްޖަމާނު  އަޝްރަފުލް ޤުދްރަތު ވިދާޅުވާ ގޮތުގައި ވޭތުވެދިޔަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހަސްފަތާލުތަކަށް 196 ޝަހީދުންނާއި 499 ޒަޚާމީން ވަނީ ގެންދެވިފައެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު އަދިވެސް އެބަ ތިއްބެވެ. 

އޭނާ ހާމަކުރެއްވިގޮތުގައި ވޭތުވެދިޔަ ހައެއްކަ ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި 16 ޤަތުލުޢާންމު ހިންގައިފައި ވެއެވެ.އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާގެ ހަސްފަތާލުތަކަށް ވަދެ ޞިއްޙީ ދާއިރާގެ އެތައް ކަވާދިރުންނެއް ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ކަމާލް ޢުދްވާނު ހަސްފަތާލުގެ ޑިރެކްޓަރު އަޙްމަދުލް ކަޙްލޫތު ވެއެވެ. އޭނާ ހައްޔަރުކޮށްގެން އަދަބުދީގެން ސުވާލުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

އަލްޤުދްރަތު ހާމަކުރެއްވި ގޮތުގައި އިސްރާއީލު ސިފައިން ވަނީ އުތުރު ޣައްޒާގައި ހުންނަ އަލްޢައުދަތު ހަސްފަތާލު ޙިޞާރުކުރުމަށް ފަހު ފެނާއި ކަރަންޓް ވަނީ ކަނޑައިލައިފައެވެ. އަދި އިސްރާއީލުން ވަނީ މި ހަސްފަތާލަށް ކާބޯތަކެތި ލިބުން ވެސް މަނާކޮށްފައެވެ.

އޭނާ ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި ބޭސް ނުލިބުމުގެ ސަބަބުން ކުޑަކުދިންގެ ތެރޭގައި ވަނީ ގައިންގަޔަށް އަރާ ބަލިތައް ވަރަށް ބޮޑަށް ފެތުރިފައެވެ. އޭނާ ވިދާޅުވިގޮތުގައި 327 ހާސް ކުޑަކުދިންނަށް ވަނީ ގައިންގަޔަށް އަރާ ޒާތުގެ އެތައް ބަލިތަކެއް ޖެހިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *