Support Us

އިސްރާއީލު ސިފައިން ޖަނީން ފޭލިގެ އަވަށް ވަށައިލައިފި

އިސްރާއީލު ސިފައިން އިއްޔެއާއި ރޭ ހުޅަނގު އައްސޭރީގެ އެތައް ސަހަރަކަށާއި ރަށަކަށް އަރައި ޖަނީން ފޭލިގެއަވަށް ވަށައިލައިފިއެވެ.

އިސްރާއީލު ސިފައިން ބުލްޑޯޒަރުތަކާއެކު އެ ފޭލިގެ އަވަށަށް އަރައި އެ އަވަށުގެ މަގުތަކާއި ބިނާރުތައް ހަލާކުކުރިއެވެ. މި އަވަށުގެ އިތުރަށް ޖަނީން ސަހަރުގެ ހަސްފަތާލުތަކާއި މި ތަންތާނގެ ވަށައިގެންވާ މަގުތައް ވެސް ޙިޞާރުކުރިއެވެ. ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިންނާއި ފަލަސްޠީނު މީހުންނާ ދެމެދުގައި ބައެއް ހިސާބުތަކުގައި ކުރިމަތިލުންތައް ވެސް ހިނގިއެވެ.

ޖަނީނު ސަހަރާއި ޖަނީނު ފޭލިގެއަވަށުގެ އިތުރަށް އިސްރާއީލު ސިފައިން ނާބްލުސްގެ އިރުމަތީގައި އޮންނަ ދައިރުލް ޙަޠަބު ރަށަށާއި އަލްބީރާގެ ސަޠަޙު މަރްޙަބާ އަވަށަށާއި ޚަލީލު ސަހަރުގެ ތަފޫޙު ނަމަކަށް ކިޔާ ރަށަށް ވެސް އިސްރާއީލު ސިފައިން އިއްޔެއާއި ރޭ ވަނެވެ. މީގެ އިތުރަށް އިސްރާއީލު ސިފައިންގެ އެހީއާއެކު ޔަހޫދީ ވަޒަންވެރިންތަކެއް ނާބްލުސްގެ ދެކުނުގެ ރަށެއްކަމުގައިވާ ނަބްޢުލް ޤަރްޔޫތަށް އެރިއެވެ.

އިސްރާއީލު ސިފައިން އިއްޔެ އެރި ސަހަރުތަކުގެ ތެރޭގައި ހުޅަނގުއައްސޭރީގެ ރާމަﷲ ވެއެވެ. އެ ސަހަރުގެ އައްޠިޔަރާ އަވަށުގެ ޢިމާރާތެއް ޙިޞާރުކޮށް އެ ހިސާބުން ފަލަސްޠީނު މީހުންގެ އެތައް އުޅަނދުތަކެއް އަތުލައިގަނެގެން ގެންދިޔައެވެ.

ޖަޒީރާ ބުނާގޮތުގައި ރާމަﷲގެ ހުޅަނގުގައި އޮންނަ ބިތޫނިޔާ ނަމަކަށް ކިޔާ ރަށަށް އިސްރާއީލު ސިފައިން ތިރީހަކަށް އާލަތްތަކާއެކު ވަދެ އެތައް ގެއަކާއި މަދުރަސާތަކެއް ޙިޞާރުކޮށް ތިން މީހަކު ހައްޔަރުކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އިސްރާއީލުން މިދާކަށްދުވަހު ދޫކޮށްލި އަސީރަކު ވެސް ހިމެނެއެވެ.

އިސްރާއީލު ސިފައިން އިއްޔެއާއި މިއަދު ހެނދުނު ހުޅަނގު އައްސޭރީގެ ތަފާތު ރަށްރަށުން 30 މީހުން ހައްޔަރުކުރިއެވެ. އެމީހުންގެ ތެރޭގައި ދެ އަންހެނަކު ހިމެނެއެވެ.

ފަލަސްޠީނގެ އަސީރުންނާ ބެހޭ އިދާރާ ބުނާގޮތުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ އިރުމަތީ ޤުދުސުންނާއި ޚަލީލު ސަހަރުންނެވެ. ފަލަސްޠީނުން ބުނާގޮތުގައި  އޮކްޓޯބަރު ހަތެއްގެ ފަހުން އިއްޔެއާ ހަމައަށް އިސްރާއީލުން ވަނީ ފަލަސްޠީނުން 3،760 މީހުން ހައްޔަރުކޮށްފައެވެ.

އިސްރާއީލު ސިފައިން ޚަލީލު ސަހަރުގެ ދެކުނުގައި އޮންނަ ދޫރާ ސަހަރަށް ވަދެ އެ ސަހަރުގައި ހުރި އަށް ބުރި ޢިމަރާތަކަށް ވަދެ އެތަން ފާސްކުރިއެވެ. މި ކަމަށް ތިން ގަޑިއިރު ހޭދަކުރިއެވެ. އިސްރާއީލުން މިނިވަންކޮށްފައިވާ އިޔާދު ޢަމްރު އަލުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް ވެސް ޖަޒީރާގެ ރިޕޯޓަރު ބުންޏެވެ.

ހަޅުތާލުތައް

ޣައްޒާއަށް އިސްރާއީލުން ހުއްޓާނުލައި ބޮންއަޅަމުންދާތީ އެކަން ކުށްވެރިކުރުމަށް ޓަކައި ހުޅަނގު އައްސޭރީގައި އިއްޔެ ވަނީ ހަޅުތާލެއް ބާއްވައިފައެވެ. މި ހަޅުތާލުގައި މުވާޞަލާތާއި ބޭންކްތަކާއި ފިހާރަތަކާއި މަދުރަސާތައް ބައިވެރިވިއެވެ. މި ހަޅުތާޅުގެ ތެރޭގައި ޙަމާސަށާއި އިސްލާމީ ޖިހާދު ޖަމާޢަތް ފަދަ ޖިހާދީ ޖަމާއާތްތަކަށް ތާއީދުކޮށް އަޑުއުފުލިއެވެ. މި މުޒާހަރާގައި ހަނގުރާމަ ހުއްޓުމާ ދެކޮޅަށް އެމެރިކާއިން ސަލާމަތީ މަޖިލީހުގައި ވީޓޯކޮށްފައިވާތީ އެކަން ކުށްވެރިކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *