Support Us

ޙަމާސްގެ ޝަރްޠުތަކުގެމަތިން މެނުވީ އިސްރާއީލުގެ އެއްވެސް އަސީރަކު މިނިވަނެއް ނުކުރެވޭނެ

ޣައްޒާއިން އެއްވެސް އަސީރަކަށް އަދި ހިފަހައްޓައިފައިވާ އެއްވެސް މީހަކަށް ބޭރަށް ނުކުމެވޭނީ ޙަމާސްގެ ޝަރްޠުތަކުގެ މަތިންކަމަށް ޙަމާސްގެ ޢަސްކަރީ ފިޔަ ޤައްސާމު ޖަމާޢަތުގެ ތަރްޖަމާން އަބޫ ޢުބައިދާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޝަރްޠުތައް ވާނީ އަޤްޞާ ޠޫފާނާއެކު އިޢުލާންކޮށްފައެވެ.

އަބޫ ޢުބައިދާ ވިދާޅުވިގޮތުގައި އިސްރާއީލަކަށް ވެސް އަދި އިސްރާއީލަށް ވާގިވެރިވާ ބަޔަކަށް ވެސް ޣައްޒާއިން އަސީރަކު ދިރިހުއްޓާ ގެންދެވޭނީ ޙަމާސާއެކު އަސީރުން ބަދަލުކޮށްގެންނެވެ.

އޭނާ ވިދާޅުވިއެވެ. "ނަތަންޔާހޫއަކަށް ވެސް އަދި އޭނާގެ ސަރުކާރަކަށް ވެސް ޞިހްޔޫނީ ވައިޓް ހައުސްއަކަށް ވެސް އެންމެ ސިފައިންގެ މީހަކު ވެސް މިނިވަނެއް ނުކުރެވޭނެއެވެ. އެމީހުންގެ ނާކާމިޔާބު މަސައްކަތް ވަނީ މި ކަން ސާބިތުކޮށްދީފައެވެ."

މީގެ ދެތިން ދުވަސްކުރިން އިސްރާއީލުގެ އަސީރަކު މިނިވަންކުރަންވެގެން އިސްރާއީލު ސިފައިން ދިން ޙަމަލާގައި އޭނާ ވަނީ މަރުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ. "ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވުމުން ޤައްސާމުގެ ތެދުވެރިކަން އެންމެންނަށް ވަނީ އެނގިފައެވެ."

ޣައްޒާ ހަނގުރާމައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަބޫ ޢުބައިދާ ވިދާޅުވިއެވެ. "ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އަހުރެމެން އިސްރާއީލު ސިފައިންގެ 180 އާލަތް ވާނީ ހަލާކުކޮށްލައިފައެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި ޤައްސާމުގެ ހަނގުރާމަވެރިން މި އާލަތްތައް ހަލާކުކޮށްލައިފައި ވަނީ އަލްޔާސީން 105 ބޮމުންނެވެ.އޭނާ ހާމަކުރެއްވި ގޮތުގައި ޣައްޒާގައި ޤައްސާމުގެ ހަނގުރާމަވެރިން އިސްރާއީލު ސިފައިންނާ ސުން ދުރުމިނުގައި އެތައް ހަނގުރާމަތަކެއް ކޮށްފައި ވެއެވެ.

"މިއިން އެނގެނީ ޣައްޒާގެ އުތުރާއި ދެކުނުގައި ދުޝްމަނުންނަށް ނާކާމިޔާބު ލިބިފައިވާ ކަމެވެ." އޭނާ ވިދާޅުވިއެވެ. "ދުޝްމަނުންނަށް ދަނީ ޙަމަލާތައް ދެވެމުންނެވެ. ކުރިއަށް އޮތް ޙަމަލާތައް އަދި މާ ވަރުގަދަވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *