Support Us

އިސްރާއީލަށް ދާ އުޅަނދުތަކަށް ޙޫސީން ހުރަސްއަޅަން ފެށުމުން ޙަމާސުން މަރްޙަބާ ކިޔައިފި

 އިސްރާއީލަށް މުދާ ހިފައިގެން ދާ ހުރިހާ ކަނޑު އުޅަނދުތަކަކަށް ޔަމަނުގެ ޙޫސީން ހުރަސްއަޅައިނޭ ކަމަށް ބުނެ ރަތްކަނޑުގައި ދަތުރުކުރާ އެފަދަ އުޅަނދުތަކަށް ހުރަސްއަޅަން ފެށުމުން ޙަމާސުން އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔައިފިއެވެ.

ޙަމާސުން ނެރުނު ބަޔާން ބުނާގޮތުގައި ޞިހްޔޫނީ ހުރިހާ އުޅަނދުތަކަކަށާއި އިސްރާއިލަށް މުދާ ގެންދާ އެންމެހާ އުޅަނދުތަކަށް ޙޫސީން ހުރަސްއަޅަން ނިންމިނިންމުމަކީ މި ވަގުތަށް ވަރަށް ބޭނުންތެރިކަމެކެވެ. ޙޫސީން ބުނާގޮތުގައި އެ އުޅަނދުތަކަށް ޙޫސީން ހުރަސްއަޅަން ނިންމީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ގޭސް ވަނުން މަނާކުރާތީއެވެ.

ޙަމާސް ބުނިގޮތުގައި މިއީ އެމެރިކާއާއި އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ދެމުންދާ ޢުދްވާނާ ދެކޮޅަށް ޙޫސީން އެޅި ވަރަށް ހިތްވަރުގަދަ ވަރަށް ޖެހިލުންކުޑަ ފިޔަވަޅެކެވެ.

ޙަމާސްގެ ބަޔާނުގައި ބުންޏެވެ. "އަހުރެމެން ޢަރަބި ޤައުމުތަކަށާއި އިސްލާމީ ޤައުމުތަކަށް އެ ޤައުމުތަކުގެ ހުރިހާ ޤާބިލުކަމެއް އިސްރާއީލާ ދެކޮޅަށް ބޭނުންކުރުމަށް ގޮވައިލަމެވެ. އަދި އެ ޤައުމުތަކުން އެ ޤައުމުތަކުގެ ތާރީޚީ މަސްއޫލިއްޔަތު އަދާކުރުމަށް ވެސް އިލްތިމާސް ކުރަމެވެ. އިސްރާއީލުން ފަލަސްޠީނު މީހުން ބަނޑަށް ޖެއްސުމަށާއި އެމީހުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތައް ހިންގުން ހުއްޓުވުމަށް ޓަކައި ޙަރަކާތްތެރިވުމަށް ވެސް ޙަމާސުން އެ ޤައުމުތަކަށް މި ބަޔާނުގައި ގޮވައިލިއެވެ." 

ޔަމަނުގެ ޙޫސީ އަންޞާރުﷲ ޖަމާޢަތް ބުނާގޮތުގައި އިސްރާއީލަށް ކާބޯތަކެތި ހިފައިގެން ދާ ހުރިހާ އުޅަނދުތަކަކާއި އިސްރާއީލުގެ ދިދަ ނަގައިހގެން ދަތުރުކުރާ ބޯޓުތަކާއި އިސްރާއީލު މީހުންގެ އުޅަނދުތައް ހިފެހެއްޓޭނެއެވެ. 

އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު ހަންގްބީ ބުނާގޮތުގައި އަންޞާރުﷲއާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ އިސްރާއީލުން ޙޫސީންނަށް ރައްދުދޭނެއެވެ.

އެމެރިކާއިން ތުހްމަތުކުރާގޮތުގައި ރަތްކަނޑުގައި އަންޞާރުﷲ ޖަމާޢަތުން ދޭ ޙަމަލާތަކަކީ އީރާނުން ވާގިދީގެން ދޭ ޙަމަލާތަކެކެވެ. މި ދިޔަ ހަފުތާގައި ޙޫސީން ވަނީ ރަތްކަނޑުތެރެއިން ތިމް އުޅަނދެއް ހިފަހައްޓައިފައެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *