Support Us

އިސްރާއީލު ސިފައިންގެ 100 އާލަތް ހަލާކުކޮށްލައިފި

އިސްރާއީލު ސިފައިން އިއްޔެ ޣައްޒާގެ އުތުރާއި ދެކުނުގެ ނާރެސްތަކުން އެތެރެއަށް ވަންނަން އުޅުނުއިރު ޤައްސާމުގެ ހަނގުރާމަވެރިން ދިން ޙަމަލާތަކުގައި އިސްރައީލު ސިފައިންގެ ސަތޭކަވަރަކަށް އާލަތް މަސައްކަތް ނުކުރާވަރަށް ހަލާކުކޮށްލައިފައިވާނޭ ކަމަށް ޤައްސާމުން މިއަދު ބުނެފިއެވެ.

ޤައްސާމުގެ ޓެލެގްރާމުގައި ޝާއިޢުކޮށްފައިވާ މި ޚަބަރު ބުނާގޮތުގައި ޤައްސާމުގެ ބަޑީ ކެޔޮޅުން ޚާން ޔޫނުސާއި ބައިތު ލާހިޔާގައި ދިން ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ ހަ މީހުން މަރު ނުވަތް ޒަޚަމުވިއެވެ.

ޤައްސާމު ބުނާގޮތުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް އިސްރާއީލު ސިފައިން ޙިމާޔަތް ހޯދުމަށް ވަދެ ތިބި ގެއެއް ފެނިގެން ފީފާ ބޮމަކުން އެ ގެ ގޮއްވައިލިއެވެ. އަދި އިސްރާއީލު ސިފައިން މަޑުކޮށްލައިގެން ތިބި އެހެން ގެއަކަށް އަތުބޮމުން ޙަމަލާދީ އެ ތާނގައި ތިބި ސިފައިންތައް މަރައިލިއެވެ.

ޤާއްސާމުގެ ބަޔާން ބުނާގޮތުގައި އެ ޖަމާޢަތުގެ ސިފައިން އިސްރާއީލުގެ އެކި ރަށްރަށަށް ރޮކްޓް ފުންޏެއް ފޮނުވައިލިއެވެ. އަދި ޣައްޒާގެ ބައެއް ނާރެސްތަކުގައި ސުން ދުރުމިނުގައި އިސްރާއީލު ސިފައިންނާ ކުރިމަތިލިއެވެ.

100 ސިފައިން ލޯ ކަނުވެއްޖެ

އަނެއްކޮޅުން އިސްރާއީލުގެ ޢިބްރީ ބައެއް މީޑިއާތައް ބުނާގޮތުގައި ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް އިސްރާއީލު ސިފައިންގެ 100 މީހުންގެ ލޯ ކަނުވެއްޖެއެވެ. އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި މި މީހުންގެ ލޮލަށް ގެއްލުން ލިބުނީ ލޯ ރައްކައުތެރިކުރުމަށް އަޅަންޖެހޭ މާސްކު ނާޅައި ޣައްޒާގެ ތެރެއަށް ވަދެ ހަނގުރާމަ ކުރުމުގެ ސަބަބުންނެވެ. މި ރޭޑިއޯ ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ބައެއް މީހުންގެ ލޮލަށް ގެއްލުން ލިބުނީ ވަޒަންތަކުގެ ސަބަބުންނާއި ބުރައިގެންދާ އަލިފާނުގެ ކަނިތަކުގެ ސަބަބުންނެވެ. ލޮލަށް ގެއްލުން ލިބުނު މީހުންގެ ތެރެއިން ފަނަރަވަރަކަށް އިންސައްތަ  މީހުންގެ ދެ ލޯ ކަނުވެފައިވާ ކަމަށް އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުންޏެވެ. މި ރޭޑިއޯ ހާމަކުރި ގޮތުގައި ލޯ ޒަޚަމުވެފައިވާ 40 ސިފައިން ބިއުރުއް ސަބްޢުގެ ސޮރޯކާ ހަސްފަތާލަށް ގެންދެވުނެވެ. އިސްރާއީލުން ބުނާގޮތުގައި އެއީ ލޮލުގެ މާސްކު މަދުވެގެން ވީ ކަމެއް ނޫނެވެ. އެހެނަސް ސިފައިން ހަނގުރާމައިގެ ކުރިމަތިލުންތަކުގައި މާސްކު ބޭނުން ނުކުރުމުގެ ސަބަބުން ވީ ކަމެކެވެ.

އޮކްޓޯބަރު ހަތެއްގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް ވަނީ އިސްރާއީލު ސިފައިންގެ 411 މީހުން މަރުވެފައެވެ. ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 10 މީހުން މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *