Support Us

ޙަމާސުން އިނގިރޭސިވިލާތް ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ހަނގުރާމައިގައި އިނގިރޭސިވިލާތް ބައިވެރިވަން ގަސްތުކުރާކަން އިޢުލާން ކުރުމުން ޙަމާސުން އެ ކަން ކުށްވެރިކޮށްފިއެވެ.

ޙަމާސުން ބުނާގޮތުގައި މިއިން އެނގެނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތަކުގައި އިނގިރޭސިވިލާތަކީ ބައިވެރިއެއް ކަމެވެ. މި ކަން ޙަމާސުން ފާހަގަކުރީ ޙަމާސުގެ ޓެލްގްރާމު މަންސާގައެވެ.

މި ބަޔާނުގައި ޙަމާސް ބުނެފައިވާ ގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ފަލަސްޠީނު ނަސްލު ނައްތައިލުމުގެ ހަނގުރާމައިގައި އިނގިރޭސިވިލާތް ބައިވެރިވުމަށް ގަސްތުކުރާ ކަމަށް އިޢުލާންކުރުމަކީ ޙަމާސުން އެ ކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ.

ޣައްޒާ މަތީގައި ޖާސޫސުކުރުމުގެ އުދުހުންތައް އިނގިރޭސިވިލާތުގެ ވައިގެ ބާރުތަކުން ފެށުމަކީ ފަލަސްޠީނު ރައްޔިތުން މަރައި ހުސްކުރުމަށް އިސްރާއިލުން ހިންގާ ޖަރީމާތަކުގައި ލަންޑަން ބައިވެރިވުން ކަމަށް ޙަމާސުން ބުންޏެވެ.

ޙަމާސް ބުނިގޮތުގައި 1917ގައި އިނގިރޭސި ޚާރިޖީ ވަޒީރު ބެލްފޯރ ޔަހޫދީންނަށް ވެފައިވާ ވަޢުދުގެ ކުށަށް ކައްފާރާ ދައްކައި މި ކުށުން ސަލާމަތްވެ ތާރީޚުގައި ޖައްސައިފައިވާ ލައްގަނޑު ފޮހެލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އިނގިރޭސިން މި ފެށީ އަލުން މި ކުށް ފަލަ އަކުރުން ބިންވަޅުނަގާށެވެ.

މި ދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ދިފާޢީ ވުޒާރާއިން ހާމަކުރިގޮތުގައި ޙަމާސުން ހިފަހައްޓައިފައި ތިބި އަސީރުން މިނިވަންކުރުމަށް އިސްރާއީލުން ކުރާ މަސައްކަތަށް އިނގިރޭސިވިލާތުން ވާގިވެރިވާނެއެވެ. އެކަމަށް ބޭނުންވާ ޖާސޫސީ މަޢުލޫމާތު އިސްރާއީލަށް ފޯރުކޮށްދޭނެއެވެ.

ޙަމާސްގެ ބަޔާނުގައި އިނގިރޭސިވިލާތަށް މި މަސައްކަތް ހުއްޓައިލުމަށް ގޮވައިލައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *