Support Us

Palestinians search for casualties under the rubble of a house destroyed in Israeli strikes in Khan Younis in the southern Gaza Strip October 16, 2023. REUTERS/Ibraheem Abu Mustafa

ޣައްޒާ ހަނގުރާމަ: އެތައް ޝަހީދުންނެއް، އިސްރާއީލުގެ ޢަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތައް

ޣައްޒާ ހަނގުރާމައިގެ 60ވަނަ ދުވަހު އިސްރާއީލުގެ ޢަސްކަރިއްޔާއިން ދެމުންދާ ޙަމަލާތައް އެއްގަމާއި ވައިގެ މަގުން ކުރިއަށް ގެންގޮސްފިއެވެ. މި ޢުދްވާނުގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު މިއަދު ޝަހީދުވިއެވެ. އަދި އެތައް ބަޔަކު ޒަޚަމުވިއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ފަލަސްޠީނުގެ މުޖާހިދުން ޣައްޒާތެރޭގައި ސުން ދުރުމިނުގައި އިސްރާއީލު ސިފައިންނާ ކުރިމަތިލަމުންދިޔައިރު އިސްރާއީލުގެ ޢަސްޤަލާނަށް ޣައްޒާއިން ރޮކެޓް ޙަމަލާތަކެއް ދީފައި ވެއެވެ. އެ ސަރަޙައްދުގައި އިންޒާރުގެ ކަށިގަނޑު އެޅެމުންދިޔަ އަޑު އިވިފައި ވެއެވެ.

ސިޔާސީ ޙައްލެއް

ހަނގުރާމަ ހުއްޓައިލައިފައި އޮތްއޮތުން ދާއިމީ ކުރުމަށާއި މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް މިއަދު ޤަޠަރުން ގޮވައިލިއެވެ. ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ހާމަކުރެއްވި ގޮތުގައި ހަނގުރާމަ ވަގުތީގޮތުން ހުއްޓުވުމަކަށް ގެނައުމަށާއި ރަހީނުން ބަދަލުކުރުން ކުރިއަށް ގެންދިޔުމަށް ޤަޠަރުން ވަނީ އަލުން މަސައްކަތް ފަށައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ދައުޙާގެ އަސާސީ މަޤްޞަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ދާއިމީ ސިފައެއްގައި ހުއްޓުވުމެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތަކަށް އިންސާނީ އެހީތަކާއި ބޭހާއި ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ޣައްޒާއަށް އެތެރެކުރެވޭނެ މަގެއް އެބަ ކޮށަން ޖެހެއެވެ، ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނީން ކުޑަކަކޫ ޖެއްސުވުމަށް ޓަކައި އިންސާނީ އަސާސީ އެހީތައް ބޭނުންކުރެވިގެން ނުވާނެއެވެ.

ޣައްޒާގައި ހުރި ޙަމާސްގެ ބިންގަރާސްތަކަކީ އަޖައިބުވަނިވި ފަރުމާއެއް

އަނެއްކޮޅުން އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު މިއަދު ހާމަކުރިގޮތުގައި އިސްރާއީލުން މިއަދު ޖަބާލިޔާ ފޭލިގެއަވަށް އަލުން ޙިޞާރުކޮށްފިއެވެ. އެތާނގައި އިސްރާއީލުގެ ޙަމަލާތަކުގެ އަމާޒަކީ ޙަމާސްގެ މަރްކަޒެކެވެ. އޭނާ ބުނިގޮތުގައި ޙަމާސްގެ ހަނގުރާމަވެރިން ފިލައިގެން ތިބީ އާދަޔާޚިލާފު ބިންގަރާހެއްގައެވެ. އޭނާ ބުނިގޮތުގައި އިސްރާއީލުން ޢަހްދުކަށަވަރުހިފައިފައިވާ ގޮތަށް އަސީރުންތައް މިނިވަންކުރާނެއެވެ. ޙަމާސް ނައްތައިލާނެއެވެ. އޭނާ ހާމަކުރި ގޮތުގައި އިސްރާއީލާ ޙަމާސާ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް އިސްރާއީލުގެ 406 ސިފައިން ވަނީ މަރުވެފައެވެ.

ޙަމާސްގެ ބިންގަރާސްތައް ލަންޑަން ރޭލްވޭ ވިއުގައަށް ވުރެ ބޮޑު

ލަންޑަންގެ ފައިނަންޝަލް ޓައިމްޒް ބުނާގޮތުގައި އިސްރާއީލު ސިފައިން ލަފާކުރާގޮތުގައި ޣައްޒާގައި ޙަމާސުން ބިނށާކޮށްފައިވާ ބިންގަރާސްތައް ލަންޑަން ރޭލްވޭ ވިއުގައަށްވުރެ މާ ބޮޑެވެ. އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނަކު މި ނޫހަށް ހާމަކުރިގޮތުގައި ޣައްޒާގެ ބިމު އަޑީގައި ޙަމާސުން ހަދައިފައިވާ ބިންގަރާހަކީ ސަހަރުތަކެކެވެ. އޭނާ ހާމަކުރިގޮތުގައި އިސްރާއީލު ސަރުކާރުން ދަނީ މި ސަހަރުތައް ހަލާކުކޮށް ނައްތައިލުމަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާ ހޯދަމުންނެވެ. މި ކަމަށް ޓަކައި އެމެރިކާއިން 320 މިލިއަން ޑޮލަރުދީފައިވާކަން އޭނާ ހާމަކުރިއެވެ. އޭނާ ސިފަކުރިގޮތުގައި ޣައްޒާގެ ބިމު އަޑީގައި ޙަމާސުން ބިނާކޮށްފައިވާ ރަށްތަކަކީ ސައެންސީ ތަޞައްވުރަކަށް ވެސް ކުރަހައިލަން ދަތިވާނެ ތަޞައްވުރެކެވެ.

ރަތްކަނޑަށް ޚާއްޞަ ބާރެއް އުފެއްދުމަށް ތައްލު އަބީބުން ގޮވައިލައިފި

ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތައް ޙިމާޔަތްކުރުމަށް ޓަކައި ކަނޑުގެ ޚާއްޞަ ބާރެއް އެކުލަވައިލުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާ ބުނެފިއެވެ. މިކަމާބެހޭ ގޮތުން އެމެރިކާގެ އިތުރަށް އިސްރާއީލުން ޖަޕާނާއި އިނގިރޭސިވިލާތާ މަޝްވަރާކުރަމުންދާ ކަމަށް މި މީޑިއާތައް ބުންޏެވެ. އިސްރާއީލު ބުނާގޮތުގައި މި ޚާއްޞަ ބާރު ވާނީ ބާބުލް މަންދަބު ސަރަޙައްދުގައި މަސައްކަތްކުރާ ބާރަކަށެވެ. އިސްރާއީލުން މިފަދަ ބާރެއް އެކުލަވައިލުމަށް މަސައްކަތް ފެށީ ޔަމަނުގެ އަންޞާރުﷲ ޖަމާޢަތުން އިސްރާއީލުގެ ތިން އުޅަނދެއް ހިފެހެއްޓުމުންނެވެ. އަންޞާރުﷲ ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ދެމުންދާނަމަ އެ ޖަމާޢަތުން އިސްރާއީލުގެ މަޞްލަޙަތުތަކަށް ޙަމަލާދޭނެއެވެ.

ޣައްޒާގައި އިސްރާއީލުގެ އިތުރު ސިފައިން މަރުވެއްޖެ

ޣައްޒާގައި އިސްރާއީލު ސިފައިނާ ޙަމާސުގެ ހަނގުރާމަވެރީންނާ ދެމެދުގައި މިއަދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ ފަސް މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ. އޭގެތެރޭގައި ދެ އޮފިސަރަކު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *