ރޫސީ ރައީސް ވްލެޑިމީރު ޕުޓިން މި ހަފުތާގައި ސުޢޫދިޔާއަށާއި އެކުވެރި ޢަރަބި އިމާރާތަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވަން ހަމަޖެހިއްޖެއެވެ.
ޕުޓިންގެ އިސް އެހީތެރިއެއް ކަމުގައިވާ ޔޫރީ އޮޝަކޯވް، ރަޝިޔާގެ ލައިފް ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ރައީސް ޕުޓިންގެ މި ދެ ދަތުރުފުޅަކީ މަސައްކަތު ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކަކީ ވަރަށް މުހިއްމު ދަތުރުފުޅުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަތުރުފުޅުތަކުގައި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާއި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދާއެކު ރައީސް ޕުޓިން ބާއްވަވާ މަޝްވަރާތައް ބިނާކުރަނިވި މުހިއްމު މަޝްވަރާތަކެއް ކަމުގައިވާނެ ކަމަށް އޮޝަކޯވް ވިދާޅުވިއެވެ.
އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދު ވިދާޅުވާގޮތުގައި ރައީސް ޕުޓިނަކީ އޭނާގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ރަޝިޔާގައި ހުރި އިސްލާމީ ޙަޟާރަތު މުހިއްމު ހަނދާންތައް ބައްލައިލެއްވުމަށް ޓަކައި ރަޝިޔާއަށް ޒިޔާރަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ބިން ޒާއިދު ވިދާޅުވިއެވެ.
ރައީސް ޕުޓިން ވިދާޅުވާގޮތުގައި އޭނާޔާ ސުޢޫދީ ވަލީޢަހްދު ބިން ސަލްމާނާ ދެމެދުގައިވާ ގުޅުމަކީ ވަރަށް ޝަޚްޞީ ގުޅުމެކެވެ. އެއީ "އިތުބާރު"ގެ މަތީގައި އޮތް ކަމެއްކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ. ދުނިޔޭގެ ތެލުގެ ބާޒާރު އޮތީ ބިން ސަލްމާނާއި ޕުޓިންގެ އެއްބާރުލެއްވުމުގެ ދަށުގައެވެ.



advertisment