Support Us

އަޑު އިވޭ ކަމަށް ނަހަދައި ޣައްޒާއަށް ބޮން އެޅުން އިސްރާއީލުން ކުރިއަށް

މަދަނީން ޙިމާޔަތް ކުރުމަށް ގޮވައިލާ ބައިނަލްއަޤްވާމީ ގޮވައިލުންތައް އިތުރުވަމުން ދިޔަސް އިސްރާއީލުން މި އަޑު އިވޭ ކަމަށް ނަހަދާ ޣައްޒާއަށް އަޅަމުންދާ ބޮން އެޅުން އިސްރާއީލުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.   

ޙަމާސާއެކު އިސްރާއީލުން ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި އެއްބަސްވުން ވަނީ ހަތް ދުވަސް ފަހުން އުވާލައިފައެވެ. މިޞްރު ކައިރީގައި އޮންނަ ޣައްޒާގެ ރަފަޙު ސަހަރަށް ބޮންއެޅުމުގެ ސަބަބުން ހަތް މީހުން މިއަދު ހެނދުނު ޝަހީދުވިއެވެ. އުތުރު ޣައްޒާއަށް ފެތުރިގަތްފައިވާ އިސްރާއީލު ސިފައިން މިއަދު ވަނީ ދެކުނު ޣައްޒާއަށް ޙަމަލާތައް އަމާޒުކޮށްފައެވެ. ޚަބަރާބެހޭ ފަލަސްޠީނުގެ ނޫސް އޭޖެންސީތައް ބުނާގޮތުގައި ޣައްޒާގެ ތަފާތު ސަރަޙައްދުތަކަށް އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ.

އަނެއްކޮޅުން ޙަމާސްގެ ޢަސްކަރީ ފިޔަ ޤައްސާމު ފައުޖު ބުނާގޮތުގައި އެ ފައުޖުގެ ހަނގުރާމަވެރިއަކު ޣައްޒާގައި އިސްރާއީލު ސިފައިން މަރްކަޒުކޮށްފައި ތިބި ތަނަކަށް މިއަދު ހެނދުނު ވަނީ ޙަމަލާދީފައެވެ. މި ޙަމަލާގެ ސަބަބުން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވިއެވެ. ޙަމާސްގެ ޓެލެގްރާމުގައި އައިސްފައިވާ ގޮތުގައި އިސްރާއީލު ސިފައިން މަރްކަޒުކޮށްގެން ތިބީ ޣައްޒާގެ މެދުތެރޭގެ ޙަޖަރުއްދީކު ނަމަކަށް ކިޔާ ހިސާބުގައެވެ. ޙަމާސް ބުނާގޮތުގައި އެ ފައުޖުގެ ހަނގުރާމަވެރިން މި މަރްކަޒުގެ ވަށައިގެން ތިން ބޮން އިންދާފައި ދާދިވަރުކޮށް ގޮއްވައިލީއެވެ. އެއަށްފަހު ޙަމާސްގެ ހަނގުރާމަވެރިއަކު އެތާނގައި ތިބި އިސްރާއީލު ސިފައިންނަށް ޙަމަލާދިނީއެވެ. އެއަށްފަހު ޤައްސާމުގެ ހަނގުރާމަވެރިން އެ ތަނުން ފިލައިގެން ދިޔައީއެވެ. 

އިސްރާއީލުން އެއްބަސްވާގޮތުގައި ޣައްޒާގައި ހިނގި ކުރިމަތިލުމެއްގައި އިސްރާއީލު ސިފައިންގެ ދެ މީހަކު މަރުވިއެވެ. މީގެ ތެރެއިން އެކަކު މަރުވެފައިވަނީ އުތުރު ޣައްޒާގައެވެ. ދެވަނަ މީހާ މަރުވެފައި ވަނީ ޣައްޒާގެ މެދުތެރޭގައެވެ.

އިސްރާއީލުން މިއަދު ބުނިގޮތުގައި އިސްރާއީލުން ރޭ ޣައްޒާގެ 400 ލަނޑުދަނޑިއަކަށް ޙަމަލާދިނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން 240 މީހުން ޝަހީދުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *