Support Us

އަސީރުން މިނިވަންކުރުމަށް ގޮވައިލާ ބޮޑު މުޒާހަރާއެއް ތައްލު އަބީބުގައި ބާއްވައިފި

ޣައްޒާގައި ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އިތުރު އަސީރުން މިނިވަންކުރުމަށް ގޮވައިލާ ބޮޑު މުޒާހަރާއެއް ތައްލު އަބީބުގައި ރޭ ބާއްވައިފިއެވެ.

މި މުޒާހަރާގައި އަސީރުންގެ ޢާއިލާތަކުގެ އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. އަސީރުން މިނިވަންކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށާއި އެ ނޫން ކަމެއް މި ވަގުތު ނުކުރުމަށް ވެސް މުޒާހިރީން ގޮވައިލިއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނާގޮތުގައި ޣައްޒާ ހަނގުރާމައިގެ މަސްއަލައިގައި ވޮޝިންގްޓަނާ އިސްރާއީލާ ދެމެދުގައި އެއްގަލަކަށް ނޭރެއެވެ. އޭނާ ނޫސްވެރިންނާ ބައްދަލުކުރަމުން ބުންޏެވެ. "އަހުރެމެންގެ ލަޑުދަނޑިތައް ޙާޞިލުކުރުމަށް ހަނގުރާމަ ކުރިއަށް ގެންދާނަމެވެ. މިއީ އަހުރެމެންގެ ހަނގުރާމައެކެވެ. މި ކަމާ ބެހޭގޮތުން ޤަރާރުތައް ކަނޑައަޅާނީ އަހުރެމެންނެވެ."

އޭނާ އިތުރަށް ބުންޏެވެ. "އަސީރުން މިނިވަންކުރުމާ ބެހޭ ވާހަކަދެއްކުންތައް ހަނގުރާމައިގެ ހުޅުގަނޑުގެ ދަށުގައި ބޭއްވުނީ ވަރަށް ދަތިކޮށްނެވެ. އެ މަސައްކަތް އަދި ފުރިހަމައެއް ނުވެއެވެ. އަސީރުން މިނިވަންކޮށް ވަޠަނަށް ގެނައުމުގެ މަސައްކަތް އަހުރެމެން ކުރިއަށް ގެންދާނަމެވެ. "އެއްގަމު މަގުން ޣައްޒާއަށް ނާރައި އެ ކަންތައްތައް ޙާޞިލެއް ނުކުރެވޭނެއެވެ. ދެކުނު މައިދާނުގައި ޣައްޒާގައި ޙަމާސާ ކުރިމަތިލަމުންދާ ގޮތަށް އުތުރު މައިދާނުގައި ޙިޒްބުﷲއާ ވެސް ކުރިމަތިލާނަމެވެ." 

ނަތަންޔާހޫ ނޫސްވެރިންނަށް ބުންޏެވެ. "ލަޑުދަނޑިތައް ޙާޞިލު ކުރެވެންދެން ހަނގުރާމަ ކުރިއަށް ދާނެއެވެ."

ހުއްޓާނުލައި ބޮން އެޅުން

ހުކުރު ދުވަހު އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓުމަށް އެއްބަސްވި މުއްދަތު އިތުރުކުރުމާ ދެކޮޅު ހަދައި ޣައްޒާއަށް އަލުން ބޮން އަޅަން ފަށައިފައެވެ. އިތުރު ޤަތުލުޢާންމުތައް ހިންގަން ފަށައިފައެވެ. އިއްޔެ އިސްރާއިލުން ބޮންއަޅަމުން ދިޔައީ ވަކި ގެތަކެއް ފާހަގަކޮށްގެންނެވެ. މި ކަމުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވިއެވެ. އެތައް ބަޔަކު ޒަޚަމުވިއއެވެ.

ޚަބަރުފަތުރާ ފަލަސްޠީނުގެ ވަސީލަތްތައް ބުނާގޮތުގައި އިސްރާއީލުން އިއްޔެއާއި ރޭ ދިން ޙަމަލާތަކުގެ އަމާޒަކީ ޖިބާށލިޔާއިން ފޭބި މީހުންނަށް ބޯހިޔާވަހިކަން ދިން ގޭގެއެވެ. މި ޙަމަލާތަކުގެ ސަބަބުން 100 މީހުން ޝަހީދުވިއެވެ. އެތައް ސަތޭކަ ބަޔަކު ޒަޚަމުވިއެވެ. އިސްރާއީލުން ޙަމަލާދިން ތަންތާނގެ ތެރޭގައި ޖަބާލިޔާ ފޭލިގެއަވަށުގައި މީހުން ދިރިއުޅޭ ޓަވަރެއް ވެސް ވެއެވެ. ތިންވަނަ އަމާޒަކީ ޣައްޒާގެ މެދުތެރޭގެ ދައިރުލް ބަލަޙު ސަހަރެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *