Support Us

ހަނގުރާމައަށްފަހު ކުރިމަގާމެދު މަޝްވަރާކުރެއްްވުމަށް ބްލިންކަން އިސްރާއީލަށާއި ހުޅަނގު އައްސޭރިއަށް

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިސްރާއީލަށާއި ހުޅަނގު އައްސޭރިއަށާއި އިމާރާތަށް މި ހަފުތާގައި ޒިޔާރަތް ކުރައްވާނެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ އިސް މަސްއޫލުވެރިއަކު ހާމަކުރައްވައިފިއެވެ. އޭނާ މެދުއިރުމައްޗަށް މި ވަޑައިގަންނަވަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް އެ ސަރަޙައްދަށް ވެއްދުމަށް އިސްރާއީލަށް ގޮވައިލެއްވުމަށާއި ޙަމާސުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ޓަކައެވެ.

ނަން ހާމަނުކުރަން ޝަރްޠުކުރައްވާ މި މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ބްލިންކަން މި ދަތުރުފުޅުގައި ބާރުއަޅުއްވާނީ "ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް އެތެރެކުރެވޭނެ މަގު ތަނަވަސްކުރުމަށާއި ހުރިހާ އަސީރުންތައް މިނިވަންކުރުމަށާއި ޣައްޒާގެ މަދަނީންނަށް ލިބެންޖެހޭ ޙިމާޔަތް ވަރުގަދަކުރުމާ ބެހޭގޮތުންނެވެ." 

ރޮއެޓަރޒް ބުނާގޮތުގައި "ޣައްޒާގެ ކުރިމަގާބެހޭގޮތުން އެމެރިކާގެ ތަޞައްވުރާބެހޭގޮތުންނާއި  ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރައްވާނެއެވެ." މީގެއިތުރަށް ދުބައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 28ގައި ވެސް ބްލިންކަން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

ޤަޠަރު މެދުވެރިވެގެން ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި ހަތަރު ދުވަހަށް މިހާރު ވަނީ ދެ ދުވަސް އިތުރުކޮށްފައެވެ. 

އިސްރާއީލުން ހަތެއް އޮކްޓޫބަރުން ފެށިގެން 23 ނޮވެންބަރާ ހަމައަށް ދީފައިވާ ޢުދްވާނުގެ 48 ދުވަހުގެ ތެރޭގައި ޣައްޒާއިން ވަނީ 14،854 މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި 6،150 ކުޑަކުދިންނާއި ހަތަރު ހާސް އެތައް އަންހެނުންނެއް ހިމެނެއެވެ. މި ޢުދްވާނުގެ ސަބަބުން 36 ހާސް މީހުން ވަނީ ޒަޚަމުވެފައެވެ. އޭގެ ތެރޭގައި ހިމެނޭ 75% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *