Support Us

ތިޔަބައިމީހުން ތިޔަ ތިބީ އެންމެ އަމާން ތަނުގައި: ސިންވާރު

ޣައްޒާގައި ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލު މީހުންނާ ޙަމާސްގެ ރައީސް ޔަޙްޔާ އައްސިންވާރު ބައްދަލުކުރައްވައި ޢިބްރީބަހުން "ތިޔަބައިމީހުން ތިޔަ ތިބީ އެންމެ ރައްކައުތެރި އެންމެ އަމާން ތަނުގައި" ކަމަށް ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ޗެނެލް 12 އާއި އިސްރާއީލުގެ ދުވަހު ނޫސް ހާ އާރްޓިސް ބުނާގޮތުގައި ސިންވާރު ބައެއް އަސީރުންނާ ޣައްޒާގައި ބައްދަލު ކުރެއްވިއެވެ. އޭނާ ވާހަކަފުޅު ދެއްކެވީ ޢިބްރީބަހުންނެވެ. 

ޙަމާސުން ދޫކޮށްލި އިސްރާއީލުގެ ބައެއް އަސީރުން ބުނިގޮތުގައި ސިންވާރު އެމީހުންނާ ބައްދަލުކުރެއްވީ ޣައްޒާގެ ބިންގަރާހެއްގައެވެ. 

ޙަމާސުން ދުކޮށްލި މީހުންގެ ތިމާގެ މީހުން ޗެނެލް 12 އާ ވާހަކަދައްކަމުން ބުނިގޮތުގައި އެމީހުންނަށް ޙަމާސުގެ ހަނގުރާމަވެރިން އެއްވެސް އަނިޔާއެއް ނުކުރެއެވެ. ބައެއް ވަގުތުތަކުގައި އިސްރާއީލުގެ ރޭޑިއޯގެ އަޑު އެހުމަށް ވެސް ވަގުތު ދީފައި ވެއެވެ. 

ޙަމާސާ އިސްރާއީލާ ދެމެދުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެވުނު އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އިސްރާއީލުގެ 50 މީހަކު ދޫކޮށްލައިފައެވެ. އިސްރާއީލުން ވަނީ 150 ފަލަސްޠީނު މީހުން ދޫކޮށްލައިފައެވެ.

މިހާރު ޙަމާސާއި އިސްރާއީލު ވަނީ ހަނގުރާމަ ހުއްޓުމުގެ މުއްދަތަށް ދެ ދުވަސް އިތުރުކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *