Support Us

އަސީރުން ބަދަލުކުރުން ހުކުރު ދުވަހުގެ ކުރިން ނުފެށޭނެ

ޙަމާސާއި އިސްރާއީލާ ދެމެދުގައި އަސީރުން ބަދަލުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ފެށޭނެ ކަމަށް ބުނިނަމަވެސް ހުކުރު ދުވަހުގެ ކުރިން އެ ކަންތައް ނުފެށޭނެ ކަމަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ރައީސް ތަސާޙީ ހަންގްބީ ބުނެފިއެވެ.

ޤަޠަރުގެ ޚާރިޖިއްޔާއިން އިއްޔެ ހެނދުނު ހާމަކުރި ގޮތުގައި އިންސާނިއްޔަތަށް ޓަކައި ވަގުތީ ގޮތުން ހަނގުރާމައިގެ ޙަރަކާތް ހުއްޓާލުމަށް އިސްރާއީލާއި ޙަމާސް ވަނީ އެއްބަސްވެފައެވެ. މި ކަމުގައި މިޞްރާއި އެމެރިކާގެ ބައިވެރިވުން ވެސް ވެއެވެ.

ހަންގްބީ ރޭ ފަތިހުގެ ވަގުތެއްގައި ހާމަކުރިގޮތުގައި "އަސީރުން މިނިވަންކުރުމާބެހޭ ވާހަކަދެއްކުންތައް ކުރިއަށް އެބަދެއެވެ. ދެ ފަރާތުން އެއްބަސްވެފައިވާގޮތުގެ މަތިން އަސީރުން ބަދަލު ކުރެވޭނެއެވެ. އެހެނަސް ހުކުރުދުވަހުގެ ކުރިން އެ މަސައްކަތް ނުފެށޭނެއެވެ."

އިސްރާއީލުގެ "ކާން" ޓީވީން ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހާ ޙަވާލާދީ ބުންޏެވެ. "މީޑިއާތައް ނޫނީ އަސީރުން ބުރާސްފަތި ދުވަހު ދޫކޮށްލާނެ ވާހަކައެއް ނުބުނެއެވެ." މި ނޫސް ބުނާގޮތުގައި "ޙަމާސުން ދޫކޮށްލުމަށް ހަމަޖެހިފައިވާ މީހުންގެ ލިސްޓު ހާމަކުރިކަމަށް ބުނާ ބުނުމަކީ އަދި ހިނގައިފައިވާ ކަމެއް ނޫނެވެ."

އިސްރާއީލުގެ މަސްއޫލުވެރިން ބުނާގޮތުގައި ބުރާސްފަތި ދުވަހު ހަނގުރާމަ ގަދައަށް ކުރިއަށް ގެންދެވޭނެއެވެ.

ޚަބަރުތައް އިއްޔެ ބުނިގޮތުގައި މިއަދު ހެނދުނު އަސީރުން ދޫކޮށްލަން ފަށާނެއެވެ.

ޤަޠަރުގެ ޚާރިޖިއްޔާ ބުނަގޮތުގައި ޙަމާސުން އިސްރާއީލުގެ 50 އަސީރުން ދޫކޮށްލާނެއެވެ. އިސްރާއީލުންވެސް ޖަލަށް ލައިފާތިބި ފަލަސްޠީނު މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *