Support Us

ވަގުތީގޮތުން ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ތަޞްދީޤުކޮށްފި

ޣައްޒާގައި އިސްރާއީލުން ފަށައިފައިވާ ހަނގުރާމަ ވަގުތީގޮތުން ހުއްޓައިލުމަށް ޙަމާސާއި އިސްރާއީލު އެއްބަސްވި އެއްބަސްވުން އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން މިއަދު ތަޞްދީޤުކޮށްފިއެވެ.

ޤަޠަރު މެދުވެރިވެގެން އެއްބަސްވި މި އެއްބަސްވުން އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ތަޞްދީޤު ކުރީ ދެ ބައްދަލުވުމަކަށްފަހުގައެވެ. ވަރަށް ހޫނު ޒުވާބުތަކެއް ވެސް ހިނގުމަށްފަހުގައެވެ. އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބިން ޣަފީރާއި މާލީ ވަޒީރު ސުމުޓްރިޗް ހަނގުރާމަ ހުއްޓައިލުމާ ވަރަށް ބޮޑަށް ދެކޮޅުހެދިއެވެ.

އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ އިސްރާއީލު ހިޔޫމް ބުނާގޮތުގައި މާދަމާ ހެނދުނު އިސްރާއީލުން ހަނގުރާމަ ހުއްޓައިލާނެއެވެ. އަދި މާދަމާ މެންދުރުފަހުން ފަލަސްޠީނުގެ އަސީރުން ދޫކޮށްލާނެއެވެ. އަދި އިސްރާއީލުގެ އަސީރުން މާދަމާ ހަވީރު ދޫކޮށްލާނެއެވެ.

އިސްރާއީލުން ދޫކޮށްލާ ފަލަސްޠީނުގެ އަސީރުން ދޫކޮށްލުމުގެ މަސްއަލައާ މެދު ގޮތެއް ނިންމުމަށް ޓަކައި އިސްރާއީލުގެ ސުޕްރީމު ކޯޓުގެ ޚާއްޞަ ބައްދަލުވުމެއް މިއަދު ބާއްވާނެއެވެ.

އިސްރާއީލުން ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެފައިވަނީ ހަަތަރު ދުވަހުގެ މުއްދަތަށެވެ. އެހެނަސް މި މުއްދަތު އިތުރުކުރެވިދާނެ ކަމަށް މީޑިއާ ބުންޏެވެ. މީޑިއާތައް ބުނަގޮތުގައި އިސްރާއީލު ސިފައިންގެ ފައުޖުތައް ޣައްޒާގެ ސަރަޙައްދީ ރޮނގާ ހަމައަށް ފަހަތަށް ޖައްސާނެއެވެ. ޣައްޒާގެ އުތުރާއި ދެކުނާ ދެމެދުގައި ޞަލާޙުއްދީން މަގު އަމާން މަގެއް ކަމުގައި ހަދާނެއެވެ. ޣައްޒާގެ ރައްޔިތުންނަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެއެވެ.  ރަފަޙުގެ ހުރަސް މަގު ހުޅުވައިލެވޭނެއެވެ. އިންސާނީ އެހީގެ ޤާފިލާތައް ޣައްޒާތެރެއަށް ވަންނާނެއެވެ. އަދި އިސްރާއީލުގެ ވައިގެ އުދުހުންތައް ޣައްޒާތެރެއަށް ވަނުން ހުއްޓައިލާނެއެވެ. އަދި ފަލަސްޠީނު މީހުން ހައްޔަރުކުރުމާ ދުރުހެލިވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *