Support Us

4 ދުވަހަށް ހަނގުރާމަ މެދުކަނޑައިލާން އިސްރާއީލު އެއްބަސްވެއްޖެ

ޣައްޒާ ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑައިލުމަށް އިސްރާއީލު އެއްބަސްވެއްޖެ ކަމަށް ގަތަރުން ބުނެފިއެވެ. ޤަޠަރު މެދުވެރިވެގެން ބޭއްވި ވާހަކަދެއްކުންތަކުގެ ސަބަބުން އެއްބަސްވި އެއްބަސްވުމުގެ ތަފްޞީލުތައް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިޢުލާން ކުރާނެ ކަމަށް ޤަޠަރުގެ ޚާރިޖިއްޔާއިން ބުނެއެވެ.

ޤަޠަރުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި ފުރަތަމަ ފިޔަވަހީގައި ޣައްޒާއިން 50 އަސީރުން ދޫކޮށްލާނެއެވެ. އެއީ ކުޑަކުދިންނާއި އަންހެނުންނެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުންގެ ތެރެއިން ހަމަ އެ ޢަދަދަށް މީހުން ދޫކޮށްލާނެއެވެ. އިތުރު އަސީރުން ކުރިއަށް އޮތް ފިޔަވަހިތަކުގައި ދޫކޮށްލާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓައިފައި އޮންނަ ދުވަސްވަރު އިންސާނީ އެހީގެ ޤާފިލާތައް ޣައްޒާއަށް ވަނުމުގެ ހުއްދަ އިސްރާއީލުން ދޭނެއެވެ. އޭގެތެރޭގައި އުނދަނަ ވެސް ހިމެނޭނެއެވެ.

ޙަމާސުން އެއްބަސްވުމުގެ ތަފްޞީލު ހާމަކުރުން

ޙަމާސުން ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. އިސްރާއީލު ސިފައިން ޣައްޒާގައި ހިންގާ ޢަސްކަރީ ހުރިހާ ޙަރަކާތްތަކެއް ހުއްޓައިލާނެއެވެ. އަދި އިސްރާއީލުގެ ޢަސްކަރީ އެއްވެސް އާލަތެއް އުޅަނދެއް ޣައްޒާތެރެއަކަށް ނުވަންނާނެއެވެ.

ޙަމާސުން ބުނާގޮތުގައި މި އެއްބަސްވުމުގެ ދަށުން އިންސާނީ އެހީގެ އެތައް ސައްތަ ލޮރީއެއް ކޮންމެ ދުވަހަކު ޣައްޒާއަށް އިންސާނީ އެހީތަކުން ބަރާކޮށްގެން ވަންނާނެއެވެ. މި އެހީގައި ބޭސްފަރުވާއަށް ބޭނުންވާ އެންމެހާ ބާވަތްތަކާއި ތެޔޮ ހިމެނޭނެއެވެ. މި އެހީ ޣައްޒާގެ އުތުރަށާއި ދެކުނަށާއި ހުރިހާ ސަރަޙައްދުތަކަކަށް ފޯރުކޮށްދެވޭނެއެވެ. މި ކަމުގައި އެއްވެސް އިސްތިސްނާއެއް ނެތެވެ.

ޙަމާސުން ސާފުކޮށްދިން ގޮތުގައި ދޫކޮށްލެވޭ މީހުންނަކީ 19 އަހަރުން ދަށުގެ ކުދީންނެވެ. ޙަމާސުން ބުނިގޮތުގައި އެމީހުން ދޫކޮށްލާނީ 50 ޑަކުދިންނާއި އަންހެނުންނެވެ.އޭގެ ބަދަލުގައި  އިސްރާއީލުން ފަލަސްޠީނު މީހުންގެ ތެރެއިން 150 މީހުން ދޫކޮށްލާނެއެވެ.

މާސް ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ ހަތަރު ދުވަހުގެ ތެރޭގައި ދެކުނު ޣައްޒާ ސަރަޙައްދަށް އިސްރާއީލުގެ އުދުހޭ އެއްވެސް އެއްޗެއް ނުވަންނާނެއެވެ. އަދި ހެނދުނު 10:00 އާއި 4:00 އާ ދެމެދުގައި އިސްރާއިލުގެ އެއްވެސް އުދުހޭ އެއްވެސް އެއްޗެއް އުތުރު ޣައްޒާއަކަށް ވެސް ނުވަންނާނެއެވެ.

ޙަމާސް ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އިސްރާއިލުން ޣައްޒާއިން އެކަކުވެސް ހައްޔަރެއް ނުކުރާނެއެވެ. އަދި ޣައްޒާގެ އުތުރުން ދެކުނަށް އަދި ދެކުނުން އުތުރަށް ފަލަސްޠީނު މީހުންނަށް ޞަލާހުއްދީން މަގުން ލައިފާ ދަތުރު ކުރެވޭނެއެވެ.

އިސްރާއީލު ސަރުކާރު ހަނގުރާމަ ހުއްޓުމަށް އެއްބަސް

އިސްރާއީލުގެ ރަސްމީ ރޭޑިއޯ މިއަދު ހެދުނު ބުނިގޮތުގައި ހަތަރު ދުވަހުގެ ތެރޭގައި ހަމަހިމޭންވެލުމަށް އިސްރާއީލު ސަރުކާރު ޙަމާސާއެކު އެއްބަސްވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ޙަމާސުން އިސްރާއީލުގެ 50 އަސީރުން ދޫކޮށްލާނެއެވެ. އެއީ ކުޑަކުދިންނާއި މައިންނާއި އަންހެނުންނެވެ. މިއަށްވުރެ އިތުރު ތަފްޞީލެއް ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *