Support Us

އިސްރާއީލުން ބުނަނީ ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް އެއްބާރެއްނުލާނެ ކަމަށް

ޣައްޒާ ހަނގުރާމަޔާ ބެހޭގޮތުން އިސްރާއީލުން ބައިނަލްއަޤްވާމީ އިންސާފު ކޯޓާއެކު އެއްބާރުނުލާނެ ކަމަށް އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

އެ ވުޒާރާގެ ރަސްމީ ތަރްޖަމާން ލިއޫރު ބިން ދޯރު ބުންޏެވެ. "އަހުރެމެން އެ ކޯޓުގެ ތަޙްޤީޤީ ކޮމެޓީތަކަށް އިތުބާރެއް ނުކުރަމެވެ. އެ ކޮމެޓީތައް އަންނަނީ ކަނޑައެޅިފައިވާ އެޖެންޑާއެއް ހިފައިގެންނެވެ. ތަޙްޤީޤު ފެށުމުގެ ކުރިން މި ތަޙްޤީޤުތަކުގެ ނަތީޖާ އަހުރެމެންނަށް އެނގެއެވެ. އިންސާނީ ޙައްޤުތަކާ ބެހޭ އދ ގެ މަޖިލީހުން 2009 ގައި އެކުލަވައިލި ގޯލްޑަސްޓަން ކޮމެޓީގެ ތަޖްރިބާއިން އެކަން އަހުރެމެންނަށް އެނގެއެވެ. އަހުރެމެން އެ ކޮމެޓީގެ ރިޕޯޓް ބަލައެއް ނުގަންނަމެވެ. އަހުރެމެންގެ ސިޔާސަތު ވަރަށް ސާފެވެ. ބައިނަލްއަޤްވާމީ އިންސާފު ކޯޓާއެކު އަހުރެމެން އެއްބާރެއް ނުލާނަމެވެ. އެމީހުންނަށް އިސްރާއީލަކަށް ނާދެވޭނެއެވެ. އަހުރެމެން މި ކުރާ ހަނގުރާމައަކީ އަހުރެމެންގެ ރައްޔިތުން ޙިމާޔަތްކުރުމަށް ޓަކައި ކުރާ މަސައްކަތެކެވެ. އެއީ ނިރުބަވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ."

އޭނާ އިތުރަށް ބުންޏެވެ. "މި ހަނގުރާމައިގެ ސަބަބުން ބާރަވަރަކަށް ހާސް މީހުން ޝިކާރަވެއްޖެކަން އެނގެއެވެ. އެހެނަސް އިސްރާއީލުގެ ޢަސްކަރިއްޔާއިން މި ކުރާ މަސައްކަތަކީ އަހުރެމެންނަށް ޙަމަލާދިން ފަލަސްޠީނު ޖަމާޢަތްތައް ނައްތައިލުމުގެ މަސައްކަތެވެ. އެމީހުންނަށް ޣައްޒާގެ ބިންގަރާސްތަކުގައި ފިލައިގެން ދެނެއް ނުތިބެވޭނެއެވެ."

އަނެއްކޮޅުން އިސްރާއީލިގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނާގޮތުގައި "ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އަސީރުން ސަލާމަތްކޮށް ޙަމާސް ފުޑުފުޑުކޮށްލެވުގެ ކުރިން ޣައްޒާ ހަނގުރާމައ ހުއްޓައެއް ނުލާނަމެވެ."

ޙަމާސުން ރަހީނުކޮށްފައިވާ އިސްރާއީލު މީހުންގެ ޢައިލާތަކާ ބައްދަލުކުރަމުން ނަތަންޔާހޫ ބުންޏެވެ. "ޣައްޒާގައި ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލު މީހުން ސަލާމަތް ނުކުރެވެނިސް އަހުރެމެން ހަމަހިމޭނެއް ނުވާނަމެވެ."

ޓައިމްޒް އޮފް އިސްރާއީލު ދުވަހު ނޫސް ނަތަންޔާހޫއާ ޙަވާލާދީ ބުންޏެވެ. "މިއީ އިސްރާއީލުގެ ހަނގުރާމަތީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *