Support Us

ޣައްޒާގައި ޤަތުލުޢާންމެއް ހިންގައި 17 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުޞައިރާތު ފޭލިގެއަވަށަށް އިސްރާއީލުން ރޭ ބޮންއަޅައި އައު ޤަތުލުޢާންމެއް ހިންގައި 17 މީހުން ޝަހީދުކޮށްލައިފިއެވެ.

އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. މީގެ އިތުރަށް އިސްރާއީލުން ރޭ ޖަބާލިޔާ ފޭލިގެއަވަށުގެ ގެއަކަށް ވެސް ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލިކަމަށް ފަލަސްޠީނުގެ މީޑިއާތައް ބުންޏެވެ. 

ފަލަސްޠީނުގެ މީޑިއާތައް ބުނާގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ބްރޭޖު ފޭލިގެއަވަށުގެ ސުޢޫދު ޢައިލާގެ ގެއަށް އުސްރާއީލުން ރޭ ބޮންއެޅިއެވެ. މި ޙަމަލާގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. އިސްރާއީލުން ރޭ ޙަމަލާދިން ތަންތާނގެ ތެރޭގައި ފަލަސްޠީނުގެ ނޫސްވެރިއެއް ކަމުގައިވާ  އާލާއު ޠާހިރުލް ޙަސަނާތުގެ ޢާއިލާގެ ގެ ވެއެވެ. މި ޙަމަލާގެ ސަބަބުން އާލާއު ވަނީ ޝަހީދުވެފައެވެ. 

އިސްރާއީލުން ރޭ ޣައްޒާއަށް ބޮންއެޅި ތަންތާގެ ތެރޭގައި  ޞަލާޙުއްދީން މަގުގައި ހުންނަ އިސްޕަންޖު ކާރުޚާނާ ވެއެވެ. މި ޙަމަލާގެ ސަބަބުން އެ ކާރުޚާނާގައި ރޯވެ ވަނީ އަނދައިފައެވެ. އަދި ރަފަޙުގައި ހުންނަ ފަލަސްޠީނުގެ ޅެންވެރިއެއްގެ ޢައިލާގެ ގެއަށް ވެސް ރޭ  ބޮންއެޅިއެވެ. 

ރެޑް ކްރޮސްގެ ރައީސާ ޙަމާސްގެ ވެރިޔާއާ ބައްދަލު ކުރުން

އަނެއްކޮޅުން ރޮއެޓަރޒް ބުނާގޮތުގައި ރެޑް ކްރޮސްގެ ރައީސާ މެރިޔާނާ ސްޕޮލިޔަރިޗް ރޭ ޤަޠަރަށް ވަޑައިގަންނަވައިފިއެވެ. އޭނާ ދައުޙާއަށް ވަޑައިގަތީ ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލު ހަނިއްޔާއާ ބައްދަލު ކުރެއްވުމަށް ޓަކައެވެ. ރެޑް ކްރޮސް ބުނާގޮތުގައި ރޭ އެ ޖަމްޢިއްޔާގެ ރައީސާ ޙަމާސްގެ ޒަޢީމާ ރޭ ބައްދަލު ކުރައްވައިފިއެވެ. އޭނާ ރޭ ޤާޠަރުގެ މަސްއޫކުވެރިންނާ ވެސް ވަކިވަކިން ބައްދަލު ކުރެއްވިއެވެ. އޭނަ ޤަޠަރަށް ވަޑައިގެންނެވީ ޙަމާސުން ހިފަހައްޓައިފައިވާ އިސްރާއީލުގެ އަސީރުންނާ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ  އަސީރުން ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައެވެ. 

އިސްރާއީލުން މީގެ 44 ދުވަސްކުރިން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވަނީ 13,300 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 5,600 ކުޑަކުދިންނާއި 3,550 އަންހެނުން ވެއެވެ. މީގެ އިތުރަށް 31000 މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ ތެރޭގައި ހިމެނޭ 75% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ. ޑަކްޓަރުންނާއި ނަރުހުންގެ ތެރެއިން 201 މީހުންނާއި ނޫސްވެރިންގެ ތެރެއިން 60 މީހުންނާއި މަދަނީ ދިފާޢީންގެ ތެރެއިން 22 މީހުން ޝަހީދުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *