Support Us

ޔަމަނުގެ ޙޫޘީން އިސްރާއީލު މީހެއްގެ ބޯޓެއް ހިފަހައްޓައިފި

އިސްރާއީލުގެ ބޯޓުތަކާއި އިސްރާއީލް ދިދަ ނަގައިގެން ދަތުރުކުރާ ބޯޓުފަހަރަށާއި އިސްރާއީލު މީހުން މަސައްކަތްކުރާ އުޅަނދުފަހަރަށް  ޙަމަލާދޭނެކަމުގެ އިންޒާރު ޔަމަނުގެ ޙޫޘީ އަންޞާރުﷲ ޖަމާޢަތުން ދިންތާ ހައެއްކަ ގަޑިއިރު ނުވަނީސް ރަތްކަނޑުތެރެއިން އިސްރާއީލު މީހެއްގެ ބޯޓެއް ހިފަހައްޓައިފިއެވެ.

އަންޞާރުﷲ ޖަމާޢަތުން ހިފެހެއްޓި ބޯޓުގެ ނަމަކީ ގެލެކްސީ ލީޑަރެވެ. މި ބޯޓުގެ ވެރިއަކީ އިސްރާއީލުގެ ރާމީ އެންގަރ  ނަމަކަށް ކިޔާ ވިޔަފާރިވެރިއެކެވެ. މި ބޯޓު ރަޖިސްޓަރީކޮށްފައި ވަނީ ބަހަމާސް ގައެވެ.

އިނގިރޭސިވިލާތުގެ ސަން ދުވަހު ނޫސް ބުނާގޮތުގައި މިއީ ކާރު އުފުލާ ބޯޓެކެވެ. މި ނޫސް ބުނާގޮތުގައި ބޯޓު ހިފެހެއްޓިއިރު އޭގައި 52 މީހުން ތިއްބެވެ. ސަން ބުނާގޮތުގައި ހޮނިހިރު ދުވަހުން ފެށިގެން މި ބޯޓުގެ ޚަބަރެއް ނުވެއެވެ. އެންމެ ފަހުން ފެނިފައި ވަނީ މި މަހު 18ވަނަ ދުވަހު މެންދުރުފަހުން 2:24 ގައި ރަތްކަނޑުން ދަތުރުކުރަނިކޮށްނެވެ. 

އިސްރާއީލުގެ މަސްއޫލުވެރިން ބުނާގޮތުގައި ޙޫޘީން ހިފެހެއްޓި މި ބޯޓަކީ އިސްރާއީލުގެ ކުންފުންޏެއްގެ ޙިއްސާ އޮންނަ ބޯޓެކެވެ. އިސްރާއީލު ބުނާގޮތުގައި މި ބޯޓުގެ ވެރިފަރާތަކީ އިސްރާއީލުގެ "ރޭ ޝިޕިން" ކުންފުންޏެވެ. މި ބޯޓު ވަނީ ޖަޕާނުގެ ކުންފުންޏަކަށް ކުއްޔަށް ދީފައެވެ. ބޯޓުގައި ތިބީ ޖަޕާނުގެ ފަޅުވެރިންނެވެ. އިސްރާއީލު މީހަކު ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *